މެންދުރުގެ ކެއުން ނިންމާލުމާއެކު ހަށިގަނޑު މާ ބޮޑަށް ލޮޑުވެ ނިދި އަންނަ ޝަކުވާއަކީ ވަރަށް ގިނަ ބައެއްގެ ފަރާތުން އިވޭ ޝަކުވާ އެކެވެ.
ހާއްސަކޮށް އޮފީސްތަކުގައި މަސައްކަތްކުރާ މީހުންގެ ބްރޭކް ގަޑިއަށްފަހު މިހެން ދިމާވުމުން މަސައްކަތަށް ބުރޫއަރާ ފަހަރު ވެސް އާދެ އެވެ. މިކަމުގެ ސައިންޓިފިކް ސަބަބަކަށް ބަލާއިރު މިއީ އިންސާނުންގެ ހަށިގަނޑުގައި ހުންނަ ސާކޭޑިއަން ރިދަމް ނަމަކަށް ކިޔާ ނިޒާމެއްގެ ސަބަބުން ވާ ކަމެކެވެ.
ކޮންމެ ދިރޭ އެއްޗެއްގެ ވެސް ސާކޭޑިއަން ރިދަމް އެއް ހުންނާނެ އެވެ. ސާކޭޑިއަން ރިދަމްއަކީ 24 ގަޑިއިރުގެ ސައިކަލްއެއްގައި އެ އެއްޗަކަށް އަންނަ ޖިސްމާނީ، ނަފްސާނީ އަދި އަހްލާގީ ބަދަލަށް ކިޔާ ނަމެކެވެ.
އިންސާނުން މެންދުރު ކެއުމުން ލޮޑުވުމަކީ މި ސާކޭޑިއަން ރިދަމްއަށް އަންނަ ބަދަލެއްގެ ސަބަބުންވާ ކަމެކެވެ. މި ބަދަލުގެ ސަބަބުން ހަށިގަނޑުގައި ހަކަތަ ހުންނަ މިންވަރު އެވަގުތަށް މަދުވެ އެވެ.
ސާކޭޑިއަން ރިދަމްއަކީ އިންސާނާގެ ކެއިންބުއިމާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަމެކެވެ.. މެންދުރު ވަގުތު ގަދައަށް ކާލުމުން ހަށިގަނޑުގެ ލޭ ދައުރު ވުމަށް ބަދަލުތަކެއް އާދެ އެެވެ.
އެއާއެކު ކާތަކެތި އަވަހަށް ހަޖަމުކުރުމަށް ބަނޑުގެ ގުނަވަންތަކަށް ލޭ ދައުރުވާ މިންވަރު އިތުރުކުރެ އެވެ. މީގެ ނަތީޖާއަކީ ސިކުނޑިއަށް އެވަގުތު ލިބޭ ލޭގެ އަދަދު މަދުވުމެވެ. އެހެންކަމުން މީހާ ލޮޑުވެ ނިދި އާދެ އެވެ.
މެންދުރު ގަޑީގައި ކާލުމަށްފަހު މާބޮޑަށް ނިދި އަންނަމަ، ކާއެއްޗެހި ބަދަލުކޮށް، ކާ މިންވަރު މަދުކުރާށެވެ. ހޯލް ގްރެއިން ޕާސްތާ، ރޯލްޑް އޯޓްސް، ޗިކް ޕީސް އަދި ސްވީޓް ޕޮޓޭޓޯ ފަދަ ލޯ ގްލައިސީމިކް ކާބޯހައިޑްރޭޓް އިޚްތިޔާރު ކުރާށެވެ. މާ ބޮޑަށް ނިދިނަންނަ ނަމަ މެންދުރުގެ ކުރީކޮޅު ކޮފީ ތައްޓެއް ބޯލާށެވެ.
ޗެއާޕާސަން ކަމަށް ހުށަހެޅި ޣަފޫރުގެ ނަމަށް ފައްޔާޒްގެ ތާއީދު
25،000 މަސްދަޅު ކޭސް ހިފައިގެން އެމްއެސްއެސްގެ ބޯޓު ލަންކާއަށް
ފަތިސް ގަޑީގައި ހިނގާލަން ދިއުމުގެ ފައިދާތައް ވަރަށް ގިނަ!