މިދިޔަ އަހަރު ނުކުތް ކާމިޔާބު ފިލްމު "އެނިމަލް"އަކީ އެކި ގޮތްގޮތުން ފާހަގަ ކުރެވިގެން ދިޔަ ފިލްމެކެވެ. އެގޮތުން އެ ފިލްމުގެ މަންޒަރުތައް ނަގާފައިވާ ތަންތަނުގެ ރީތިކަން ފާހަގަ ކޮށްލެވެ އެވެ.
ހާއްސަކޮށް ފިލްމުގެ މައި ކެރެކްޓަރު "ރަންވިޖޭ" (ރަންބީރު) އުޅެމުން އައި ގެ ފާހަގަ ކޮށްލެވެ އެވެ.
އެންމެ މިހާރުގެ ފަރުމާއަކަށް ތައްޔާރު ކުރެވިފައިވާ ބަންގްލޯ ސްޓައިލްގެ އެ ގެއަކީ ހަގީގަތުގައި ބޮލީވުޑްގެ ތަރި ސައިފް އަލީ ޚާންގެ އަމިއްލަ ގެ އެވެ.
"ޕަތޯޑީ ޕެލެސް"ގެ ގޮތުގައި ނަން މަޝްހޫރު އެ ގަނޑުވަރަކީ ސައިފްގެ ޝާހީ އާއިލާގެ ފަރާތުން އޭނާއަށް ވާރުތަވި ޝާހީ ގަނޑުވަރެކެވެ.
ފިލްމުގައި ޕަތޯޑީ ޕެލެސްގެ ގިނަ ތަންތަން އާއްމުންނަށް ފެނުނެވެ. އެ ގޮތުން އެ ގޭގެ ބޮޑު ސިޓިންރޫމާއި ކޮޓަރިތަކުގެ އިތުރުން ޓެރަސްއާއި ބަގީޗާ ވެސް ފިލްމުގެ ޝޫޓިންއަށް ބޭނުން ކުރެވުނެވެ.
ސައިފް އަލީ ޚާންއަކީ ޕަތޯޑީ އާއިލާގެ އެންމެ ފަހުގެ ނަވާބުގެ ގޮތުގައި ފާހަގަވެފައިވާ އެކްޓަރެކެވެ. އޭނާއަށް އޭނާގެ ޝާހީ އާއިލާއިން ގިނަ ކަންކަން ވާރުތަވެފައިވެ އެވެ.
އައްޑުއަށް ވަގަށް ސިނގިރޭޓު އެތެރެކުރި މައްސަލަ ތަހުގީގު ކުރަނީ
"އިންތިހާބުގެ ސިއްރުކަން ގެއްލުވާލަން އީސީން އެބަ މަޝްވަރާ ކުރޭ"
މާޗް ވެސް ނިމުނީ، ދުވަސްތައް އަވަސް ވުމުގެ ހަގީގަތް!