ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ނިކޯލް ކިޑްމަންއަކީ އޭނާގެ ޒާތީ ދިރިއުޅުމުގެ ކަންކަން މީޑިއާއަށް ފާޅުކަން ބޮޑު ގޮތެއްގައި ހިއްސާކުރާ އެކްޓަރެކެވެ.
އެގޮތުން ނިކޯލްގެ މަންމަ މަރުވުމުގެ ކުރިން އޭނާއަށް ދިން އެންމެ ފަހުގެ ނަސޭހަތް ވެސް މިދިޔަ އަހަރު ދިން އިންޓިވިއުއެއްގައި އޭނާ ހިއްސާ ކޮށްފައިވެ އެވެ.
ސީބީއެސްއަށް ދިން އިންޓަވިއުއެއްގައި ނިކޯލް ބުނީ އޭނާއަށް އޭނާގެ މަންމައާ އެންމެ ފަހުން ވާހަކަ ދެއްކުނީ މަންމަ ކައިރިއަށް ދާން ފުރަން އުޅެނިކޮށް ކަމަށެވެ.
އެ ވާހަކައިގެ ތެރެއިން މަންމަ ބުނެފައިވަނީ ދިރިއުޅުމުގެ ކަންކަމުން ކުޑަކޮށް ހަމަޖެހިލައި އަމިއްލަ ނަފްސަށް ވަގުތު ދޭން ކަމަށް ނިކޯލް ބުންޏެވެ.
މަންމަގެ އެ ނަސޭހަތުން ދިރިއުޅުމާމެދު ވިސްނާ ގޮތް ވަރަށް ބޮޑަށް ބަދަލުވި ކަމަށާއި ގިނަ އަންހެނުން އަމިއްލަ ނަފްސަށް ފަރުވާކުޑަ ކުރާ މިންވަރު ވިސްނުނު ކަމަށެވެ.
އެހެން ކަމުން މިހާރު މަންމަގެ ނަސޭހަތުގައި ހިފައި އަމިއްލަ ނަފްސުގެ ކުރިއެރުމާއި ހަމަޖެހުމަށް ވަގުތު ދެމުން އަންނަ ކަމަށް ވެސް ނިކޯލް ބުންޏެވެ.
ނިކޯލް އިތުރަށް ބުނީ ހަތަރު ކުދިންގެ މަންމައެއްގެ ގޮތުގައި ހުރެ އޭނާއަށް އޭނާގެ އަމިއްލަ މަންމަ ދެއްކި ވާހަކަތައް އެނގޭ ކަމަށާއި އެކަން އޭނާގެ ދަރިންނަށް ވެސް އަންގައިދޭން ބޭނުންވާ ކަމަށެވެ.
ނިކޯލްގެ މަންމަ މަރުވެފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހު އޭނާ ވެނިސް ފިލްމު ފެސްޓިވަލްއަށް ގޮސް ހުރި ވަގުތެއްގަ އެވެ. މަންމަގެ މަރާއެކު ނިކޯލް ވަނީ ފެސްޓިވަލް ދޫކޮށް ގެއަށް ގޮސްފަ އެވެ.
އަޖޭގެ ފިލްމީ ހަޔާތުގައި ނުވެ އޮތް ކަމެއް!
މެސީ އިންޑިއާ އަށް ކުރި ދަތުރު އިންތިޒާމު ކުރި މީހާ ހައްޔަރަށް
ކަޅުބާޒާރުގައި ވޯލްޑް ކަޕް ޓިކެޓުގެ އަގު 16،000 ޑޮލަރުން މަތީގަ