މަސައްކަތުގެ މާހައުލަކީ ޝައްކެއް ވެސް ނެތް ގޮތުގައި ހާސްކަން ބޮޑު މާހައުލެެވެ. ރަނގަޅަށް ސަމާލު ނުވެވިއްޖެ ނަމަ ދިރިއުޅުމަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ.
މި ލިޔުމުގައި މި ބަލާލަނީ އޮފީހުގެ މާހައުލުގައި ކުރިމަތިވާ ހާސްކަން ނުވަތަ ސްޓްރެސް ކުޑަ ކުރަން ކުރެވިދާނެ ވަރަށް ފަސޭހަ ބައެއް ކަންކަމަށެވެ.
މަސައްކަތްތައް ރަނގަޅަށް ރާވާލުން
ގިނަ ފަހަރަށް މާ މަސައްކަތް ގިނަ ވާނަމަ ސިކުނޑިއަށް ބާރުބޮޑުވެ ސިކުނޑި "ސުމަކަށް" ދާ ގޮތްވެ އެވެ. އެއާއެކު އެއްވެސް ކަމެއް ރަނގަޅަށް ނުކުރެވި ވަރަށް ވަގުތު ވެސް ބޭކާރުވެގެންދެ އެވެ.
މިކަން ހައްލު ކުރެވޭނެ ވަރަށް ފަސޭހަ ގޮތެއް އެބަ އޮތެވެ. ނިންމަން ޖެހިފައިހުރި މަސައްކަތްތަކުގެ "ޓު ޑޫ" ލިސްޓެއް ހަދާށެވެ. ނޯޓު ފޮތެއްގައި ނުވަތަ ޓާސްކް މެނޭޖްމެންޓް އެޕެއްގައި ވެސް މިކަން ކުރެވިދާނެ އެވެ. އަދި ސިކުނޑީގައި މަސައްކަތްކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް ރާވާ އެއާ އެއްގޮތަށް، ތަރުތީބުން މަސައްކަތްތައް ނިންމަމުން ދާށެވެ. އޭރުން އެ ދުވަހެއްގައި ނިންމަން ޖެހޭ މަސައްކަތްތައް ފަސޭހަކަމާއިއެކު ނިންމާލުމަށްފަހު ހާސްކަމެއް ނެތި ގެއަށް ދާންވީ އެވެ.
އެކުގައި މަސައްކަތްކުރާ މީހުންނާ ގުޅުން ބަދަހި ކުރުން
ބައެއްކަހަލަ ވަޒީފާ ތަކުގައި، ނުވަތަ ވަޒީފާގައި ތިމާ އާއި ހަވާލުވެފައި އޮންނަ މަސްއޫލިއްޔަތުގެ ގޮތުން އަބަދުވެސް "އެލާޓް" ގައި ތިބެންޖެހެ އެވެ. އެހެންކަމުން ޑިއުޓީ ގަޑި ނޫން އެހެން ގަޑިއެއްގައި އެހެން މީހުންނަށް ތިމާއަށް ގުޅޭނެ ގޮތުގެ އުސޫލުތަކެއް ކަނޑައަޅާށެވެ.
އޮފީސް މަސައްކަތް އޮފީސް ގަޑީގައި ނިންމުން
ބައެއް މީހުންނަށް ގަބޫލުކުރެވިފައި އޮންނަ ގޮތުގައި އެންމެ ފަސޭހައިން މަސައްކަތް ކުރެވެނީ އޮފީހުގެ ރަސްމީ ގަޑި ނިމި އެންމެން ގެއަށް ދިއުމުންނެވެ. އޭރުން އެއްވެސް މީހެއްގެ އުނދަގުލެއް ނުވެ ނިކަން ފަސޭހައިން މަސައްކަތް ނިންމާލެވޭނެއެވެ.
އެހެން ނަމަވެސް އޮފީސް ގަޑި ނޫން ގަޑިތަކުގައި އޮފީސް މަސައްކަތްތަކާ ކަންބޮޑުވާން ބޭނުންނުވާނަމަ އޮފީސް މަސައްކަތް އޮފީސް ގަޑީގައި ކުރާށެވެ.
އައިއެސްޑީބީން ރާއްޖެ އަށް 4 ލައްކަ ޑޮލަރުގެ ހިލޭ އެހީއެއް
ސިޑްނީގެ ބޮންޑައި ބީޗުގައި ބަޑިޖެހި ހާދިސާގައި 15 މީހުން މަރުވި
މެނޭޖްމަންޓް މަގާމުތަކަށް އަންހެނުން ބޭނުންވާ ސަބަބު!