ގުޅިފަޅު ކައިރި ކަނޑުމަތިން އިއްޔެ މަރުވެފައި އޮއްވައި ފެނުނީ ލޯންޗަކަށް އަރަން އުޅެނިކޮށް ކަނޑަށް ވެއްޓުނު މީހެއް ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނުނީ ޗައިނާއަށް ނިސްބަވްތާ ޗެންގް ޖިއާ ނަމަކަށް ކިޔާ 38 އަހަރުގެ މީހެއް ކަމަށެވެ.
އޭނާ ކަނޑަަށް ވެއްޓުނީ އިއްޔެ 12:48 ހާއިރު ހުޅުމާލޭ ބޭރުގައި އޮތް ބާޖަކުން ލޯންޗަކަށް އަރަން އުޅުމުގެ ތެރޭގައި ކަމަށް ފުލުހުން ބުންޏެވެ.
އެ މީހާ ކަނޑަށް ވެއްޓުމުން ލޯންޗުގައި ތިބި މީހުން އޭނާ ސަލާމަތްކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ވަގުތު އެ މީހާ ކަނޑުގައި އޮއްވާ ފެނުނު ނަމަވެސް ފަހުން ނުފެނިގެން އެ ސަރަހައްދުން ދަތުރުކުރި އެހެން ލޯންޗަކަށް ވެސް އެ މައުލޫމާތުދީ އޭނާ ހޯދުމަށް މަސައްކަތް ކުރި އެވެ. އަދި ކޯސްޓްގާޑަށް ވެސް އެ މައުލޫމާތު އެ މީހުން ހިއްސާކުރި ކަމަށް ފުލުހުން ބުންޏެވެ.
ކޯސްޓްގާޑުން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަނިކޮށް މަރުވެފައި އޮއްވާ ފެނުނީ އިއްޔެ 1:32 ހާއިރެވެ.
އެ މީހާގެ ހަށިގަނޑު ކަނޑުން ނަގައިގެން އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ކަރިޝްމާއާއި އަބީޝޭކްގެ ގުޅުން ނިމުމަކަށް އައީ ކީއްވެ؟
