ހިޔާ ފުލެޓެއްގައި ތޫނު އެއްޗަކުން ހަމަލާ ދިން މީހާއަށް ހަމަލާދިނީ، ދެބެންގެ މެދުގައި ހިނގި މާރާމާރީއެއްގައި ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ހުޅުމާލެ ހިޔާގެ އަށްވަނަ ޓަވަރު އެޕާޓްމަންޓެއްގައި އަޑުގަދަ ކުރާމަކަށް މިއަދު ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން އެ އެޕާޓްމަންޓަށް ގޮސް ބެލި ބެލުމުން ދެބެންގެ މެދުގައި ހިނގި ހިތްހަމަނުޖެހުމެއްގެ ތެރެއިން އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާކަން އެނގުނު ކަމަށެވެ.
އެ ހަމަލާގައި ޒަހަމްވެފައި ވަނީ 38 އަހަރުގެ ދިވެހި ފިރިހެނެކެވެ. ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން އޭނާގެ ފައިގެ ފަލަމަސްގަނޑު ފުންކޮށް ކަފައިގެން ގޮސް، މައި ނާރު ބުރިވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ސީޓް އިތުރުކޮށް ޓިކެޓް ވިއްކަނީ؛ އަގު 5،000 ޑޮލަރުން މަތީގައި
"ކާށްޓެއް ބިނދެގެން ޗައިނާއަށް" ދެވޭ ނަސީބުވެރި ފަރާތް ހޮވައިފި
އިހްސާން އިސްތިއުފާ ދޭން ޖެހޭ ކަމަށް ޝަމްއާން ވިދާޅުވެއްޖެ
