ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހްރުކް ޚާން ބޮލީވުޑްގެ މަސައްކަތްތަކުން ދުރަށް ޖެހި "ބްރޭކް"އެއް ނަގަން ނިންމާފައިވާކަން އިއުލާން ކޮށްފި އެވެ.
ޝާހްރުކް ޚާންއާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި މި ބްރޭކްގެ ބޭނުމަކީ އޭނާގެ ސިއްހަތަށް ފަރުވާތެރިވެ އާއިލާއާއެކު ގިނަ ވަގުތު ހޭދަކުރުން ކަމަށެވެ.
ޝާހްރުކް ޚާންގެ މި ނިންމުން އައިސްފައި މިވަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ކިންގް"ގެ ސެޓުގައި އުޅެނިކޮށް އޭނާގެ ކޮނޑަށް އަނިޔާވެފައި ވަނިކޮށެވެ.
މިއާއެކު ކުރިއަށް އޮތް 2026 ވަނަ އަހަރު ޝާހްރުކް ޚާންގެ އެއްވެސް ފިލްމެއް ބޮޑު ސްކްރީނުން ނުފެންނާނެކަން މިވަނީ ޔަގީންވެފަ އެވެ.
އެއަށްފަހު އެންމެ އަވަހަށް ރިލީޒްކުރާ ޝާހްރުކް ޚާންގެ ފިލްމު ބެލުންތެރިންނާ ހަމައަށް އަންްނާނީ 2027ގެ ކުރީކޮޅު ކަމަށް ބެލެވެ އެވެ. މިއީ ޝާހްރުކް ޚާންގެ އަނިޔާއާ ހެދި ފަސް ކުރެވުނު ފިލްމެކެވެ.
2026 ވަނަ އަހަރު ޝާހުގެ އެއްވެސް ފިލްމެއް ބޮޑު ސްކްރީނުން ނުފެންނާނެތީ އޭނާއަށް ސަޕޯޓުކުރާ ގިނަ މީހުން އަންނަނީ ސޯޝަލް މީޑިއާގައި ޝުއޫރު ފާޅު ކުރަމުންނެވެ.
ހޮލީވުޑް ޑައިރެކްޓަރެއްގެ ދެމަފިރިން މަރާލާފައި އޮއްވާ ފެނިއްޖެ
2025ގެ އެންމެ މޮޅު ބިރުވެރި ފިލްމުތައް!
އާ ޓާމިނަލް އިން އެމިރޭޓްސް އަށް ހިދުމަތް ދޭން ފަށައިފި