ބިދޭސީންނަށް ކުއްޔަށްދޫކޮށްފައިވާ ސޯޝަލް ހައުސިންގެ ފްލެޓްތައް އަތުލާނެ ކަމުގެ އިންޒާރު އެޗްޑީސީން ދީފި އެވެ.
އެޗްޑީސީން މިރޭ ކުރި އިއުލާނެއްގައި ވަނީ ޝަރުތުހަމަވާ ފަރާތްތަކަށް ދޫކޮށްފައިވާ ސޯޝަލް ހައުސިންގެ ފްލެޓްތައް ބިދޭސީންނަށް ކުއްޔަށް ދޭ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށެވެ. އަދި އެގޮތަށް ކުއްޔަށްދޫކޮށްފައިވާ ފްލެޓްތައް ޖެނުއަރީ ތިން ވަނަ ދުވަހުގެ ކުރިން ހުސްކުރުމަށް އެ ކުންފުނިން ވަނީ އަންގާފަ އެވެ.
ސޯޝަލް ހައުސިންގެ ދަށުން ފްލެޓްތައް ދޫކޮށްފައިވާ ފަރާތްތަކުން އެ ކުންފުންޏާއެކު ވެވެފައިވާ އެއްބަސްވުމަށް އަމަލުކުރުމަށް އެޗްޑީސީން ވަނީ ހަނދާންކޮށްދީފަ އެވެ.
އެޗްޑީސީން ބުނީ ޖެނުއަރީ ތިނެއްގެ ފަހުން ބިދޭސީންނަށް ކުއްޔަށް ދީފައިވާ ފްލެޓްތަކުގެ ވެރިފަރާތާއި އެ ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުން ބާތިލްކުރެވޭނެ ކަމަށެވެ.
ސޯޝަލް ހައުސިންގެ ދަށުން ދޫކޮށްފައިވާ ފްލެޓްތައް ކުއްޔަށް ދޫކުރުން ވަނީ ބޮޑު މައްސަލައަކަށްވެފަ އެވެ. އެގޮތުން ހިޔާ ފްލެޓެއް 21000 ރުފިޔާއަށް ކުއްޔަށްދޭން އައިބޭގައި ވަނީ އިއުލާންކޮށްފަ އެވެ.

ދިރާގުގެ ބޯޑުގެ ޕަބްލިކް ޑިރެކްޓަރުގެ މަގާމަށް ހުޅުވާލައިފި
ޑަޔާނާ އަވަހާރަކޮށްލީ އިޒްރޭލުން ކަމަށް ތުހުމަތު ކޮށްފި
ޒަމާނީ ރަހަތަކާއެކު ރޯދަ ވީއްލާ ސުފުރާމަތި ބަދަލުވެއްޖެ

އެއްކަމެއްވެސް ނުވާނެ. ތީ ކަމެއް ވާ ކުންފުންޏެއް ނޫން. އެހެނެއް، ތިމާމެންގެ ފްލެޓް ރީތިކޮށްލާނެ