ބޮލީވުޑްގެ ޒުވާން ދެ ތަރިން ކަމަށްވާ އާލިއާ ބަޓްއާއި އަނަންޔާ ބަޓްއާ އެއްވަރަށް އަރަމުން އަންނަ އެހެން ތަރިއެއް ޝްރައްދާ ކަޕޫރު މަސައްކަތް ނުކުރާ ކަމަށް ދެކެވޭ ވާހަކަތަކަށް އޭނާގެ ބައްޕަ ޝަކްތީ ކަޕޫރު ރައްދު ދީފި އެވެ.
ދާދި ފަހުން ދިން އިންޓަވިއުއެއްގައި ޝަކްތީ ވަނީ އޭނާގެ ދަރިފުޅުގެ ފިލްމީ މަސައްކަތްތަކާ ބެހޭގޮތުން މީޑިއާއަށް އާ ކަންތައްތަކެއް ހިއްސާ ކޮށްފަ އެވެ.
އެގޮތުން އާލިއާއާއި އަނަންޔާއާ އަޅާބަލާއިރު ޝްރައްދާއަށް ލިބޭ ފުރުސަތުތައް މަދު ކަަމަށް ދެކެވޭ ވާހަކަތަކާ ބެހޭގޮތުން އޭނާ ބުނެފައިވަނީ އޭނާގެ ފިލްމުތައް މަދު ނަމަވެސް އޭނާ ހިޔާރު ކުރަނީ ރަނގަޅު ފިލްމުތައް ކަމަށެވެ.
"އޭނާ ކުޅެނީ މަދު ފިލްމުތަކެއް ނަމަވެސް އޭނާގެ އަގު މާ ބޮޑު. އެ އެންމެންނަށް ވުރެ ވެސް އޭނާ ފިލްމުތަކަށް ނަގާ އަގު މާ ބޮޑުވާނެ" ޝަކްތީ ބުންޏެވެ.
މީގެ އިތުރުން ވެސް ޝަކްތީ ބުނީ ޝްރައްދާއަކީ ވަރަށް ބޯހަރު ކުއްޖެއް ކަމަށާއި އޭނާ ކުރާނީ އޭނާގެ ހިތް ބޭނުންވާ ކަންތައްތައް އެކަނި ކަމަށެވެ.
2012 ވަނަ އަހަރު ނެރުނު ފިލްމު "އާޝިގީ 2"އިން އަދިތުޔާ ރޯއީ ކަޕޫރާއެކު ބޮލީވުޑަށް ތައާރަފްވި ޝްރައްދާ ފާއިތުވި 12 ވަރަކަށް އަހަރު ތެރޭގައި ކުޅެފައިވަނީ މަދު ފިލްމެކެވެ.
އަނުޝްކާއާއި ދީޕިކާގެ ކޯޅުން ފެށުނީ ކީއްވެ؟
ޕީއެންސީ ޕްރައިމަރީގަ ރެކޯޑު އަދަދަކަށް މީހުން ވޯޓު ލި: ފަލާހު
ތުއްތު ކުއްޖަކު ވިހެއުމަށްފަހު މަރުވި މައްސަލައެއް ބަލަނީ