ކޭ ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި ހަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް ކުރި 100 އަށް ވުރެ ގިނަ ދައުވާގެ ތެރެއިން 94 ދައުވާއެއް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ކޭ ޕާކްގެ ފްލެޓް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އޭނާގެ މައްޗަށް 104 ދައުވާއެއް ކުރި އެވެ. އޭގެ ތެރެއިން މިއަދު ސާބިތުވާ ކަމަށް ނިންމީ އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 44 ދައުވާ އާއި ޓެކުމުގެ 46 ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ އާއި ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ އެވެ.
އެ މައްސަލާގައި ދެން ދައުވާލިބުނު ރ. އަލިފުށީ ކިނާރާ، ޖައިޝާން ސައީދުގެ މައްޗަށް ކުރި 95 ދައުވާގެ ތެރެއިން އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 40 ދައުވާ އާއި ޓެކުމުގައި ބައިވެރިވުމުގެ 44 ދައުވާ އާއި މަނީ ލޯންޑާކުރަން އެހީތެރިވުމުގެ ދައުވާއެއް ވަނީ ސާބިތުވެފަ އެވެ.
މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާތީ އާއި އެ ފައިސާ ބޭނުން ކޮށްގެންގެން ގަނެފައިވާ އެ އެޕާޓްމެންޓް ވެސް ދައުލަތަށް ނެގުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ބާކީ ހުރި ދައުވާތަކާ މެދު ގޮތެއް ނިންމުމާއި އަދަބު ކަނޑައެޅުމުގެ މަޖިލިސް އަންނަ އަންގާރަ ދުވަހު ބާއްވާނެ އެވެ.
އެ މައްސަލާގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމަށް މަންޑޭ ހާޒިރު ނުވުމުން އޭނާ މިއަދު ކޯޓަށް ހާޒިރުކުރީ ވެސް ބަންދުގައި ބަހައްޓައިގެންނެވެ.
ހުޅުމާލޭގައި 4 މިސްކިތް ހުޅުވޭނެ: ޝަހީމް
ޕީއެންސީގެ ކައުންސިލް ޕްރައިމަރީ ފަށައިފި
ޕީކް ސީޒަނުގައި މާފަރު އެއާޕޯޓަށް 800 ޖެޓު ޖައްސާނެ
