މާލޭގެ ބާޒާރުމަތީގައި މީހަކަށް އަނިޔާކޮށް މޫދަށް އެއްލާލި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކޮށްފައި ވަނީ ބ. ހިތާދޫ، އަންދަލީބުގެ، އަހްމަދު ޝަރީފް،50، އާއި ލ. އިސްދޫ، ބްލޫކިޔާގެ، އަހްމަދު ހާތިމް،49 ކަމަށެވެ.
އެ މީހާއަށް އަނިޔާކޮށް ގަދަކަމުން މަގުމަތީ ދަމާ ކޫއްތާފައި ގެންގޮސް މޫދަށް އެއްލާލާ މަންޒަރު އާންމުވެފައިވާ ވީޑިއޯއިން ފެނެ އެވެ. އަނެއް މީހާ ވަނީ ސޭފްޓީ ސޫޒަކުން އެ މީހާގެ ގައިމައްޗަށް އަރާފަ އެވެ.
އެ މީހާއަށް މި މީހުން އަނިޔާކުރީ 15 ރުފިޔާގެ ވައްކަމެއް ކުރިކަމަށް ބުނެ އެވެ.
އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފަ އެވެ.
އަނުޝްކާއާއި ދީޕިކާގެ ކޯޅުން ފެށުނީ ކީއްވެ؟
ހުޅުމާލޭގައި 4 މިސްކިތް ހުޅުވޭނެ: ޝަހީމް
ގަނޑުފެނުގެ އެންމެ ބޮޑު ފަރުބަދަ އާޖެންޓީނާގައި!
