އާއްމު ދިރިއުޅުމުގައި ދިރިއުޅޭ ގޭތެރެއާއި ނިދާ ކޮޓަރީގެ ފިނިހޫނުމިން ވެސް ބައެއްފަހަރު މާ ބޮޑަށް ދަށްކޮލެވޭ ފަހަރު އާދެ އެވެ. އެހެން ނަމަވެސް މިއީ ސިއްހަތަށް ކިހާ ނުރައްކާތެރި ކަމެއްކަން އެނގޭނަމަ ގައިމުވެސް އެކަމުން ދުރުވާނެ އެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ދުނިޔޭގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅޭ ގެދޮރަކީ ސިއްހަތަށް ރަނގަޅު ފިނިހޫނުމިނަށްވުރެ ފިނިކޮށް ހުންނަ ގެދޮރެވެ.
ކޮޓަރި މާ ބޮޑަށް ފިނިނަމަ ހަށިގަނޑުގެ ނާރުތަކުގައި ލޭ ދައުރު ކުރުމަށް ހުރަސް އެޅި ލޭ ގަނޑުވާ ގޮތްވެ އެވެ. ނަތީޖާއަކަށް ވަނީ ސްޓްރޯކާއި ހާޓް އެޓޭކް ފަދަ ފުރާނައަށް ނުރައްކާވާ ސިއްހީ ހާލަތްތައް މެދުވެރި ވުމެވެ.
މީގެ އިތުރުން ވެސް ދިރިއުޅޭ މާހައުލު އެކަށޭނަ މިންވަރަށްވުރެ ފިނިގަދަ ވުމަކީ ޕުއްޕާމޭގެ މަސައްކަތް ލަސްކުރުވާ ނޭވާލާ ނިޒާމުގެ ބަލިތަކަށް މަގުފަހި ކުރުވާ ކަމެއް ވެސްމެ އެވެ.
ދެން އޮތީ އަހަރުމެންގެ ތެރެއިން ގިނަ ބަޔަކަށް މިހާރު ވެސް ކުރިމަތިވާ ކަމެކެވެ. މާ ފިނިވުމުން ހުޅުތަކުގައި ރިއްސާތީ ގިނަ ބައަކު އުޅެ އެވެ. ސަބަބަކަށް ވަނީ ފިނީގެ ސަބަބުން އަހަރުމެންގެ ހުޅުތަކުގައި ހުންނަ ލޮނދި ހިކުމެވެ.
ސައިންސްވެރިން ބުނާ ގޮތުގައި ގޭތެރެ ނުވަތަ ކޮޓަރީގެ ފިނިހޫނުމިން އެންމެ ދަށްވެގެން ވެސް ބަހައްޓަން ވާނީ 25 ޑިގްރީ ސެލްސިއަސްގަ އެވެ. އެއަށްވުރެ ފިނި ކުރުމަކީ ތިބާއާއި އަނެކުންގެ ސިއްހަތު ނުރައްކަލަށް ހުށައަޅާދޭނެ ކަމެކެވެ.
ސަލްމާންއާއި ރަންބީރުގެ މެދުގައި މައްސަލަ ޖެހުނީ ކީއްވެ؟
މިއީ ސިކުނޑިއަށް ގެއްލުން ލިބޭ އާއްމު އާދަތަކެއް!
ވޯލްޑް ކަޕް 2026: ރަސްމީބޯޅަ "ޓްރައިނއޮންޑާ" އެހެން ލެވެލް އެއް!