މާ ހަގު އުމުރުގައި ކައިވެނި ކުރުމުގެ "ގޯސް" ނުހެދުމަށް ބޮލީވުޑްގެ މަޝްހޫރު ތަރި މަލައިކާ އަރޯރާ ހުރިހާ އަންހެެނުންނަށް އިލްތިމާސް ކޮށްފި އެވެ.
ދާދި ފަހުން ދިން އިންޓަވިއުއެއްގައި މަލައިކާ ވަނީ އޭނާގެ އަމިއްލަ ކައިވެނިން ކުރެވުނު ތަޖުރިބާގެ އަލީގައި ކައިވެންޏާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.
އުމުރުން 25 އަހަރުގައި އެކްޓަރު އަރުބާޒް ޚާންއާ ކައިވެނިކުރި މަލައިކާ ބުނީ އޭނާގެ ހަޔާތުގައި އެންމެ ރަނގަޅަށް ކުރެވުނު ކަމަކީ ހަގު އުމުރުގައި ދަރިއަކު ހޯދުން ކަމަށެވެ.
އެހެން ނަމަވެސް ދިރިއުޅުމުގެ ކުރީކޮޅުގައި ތަފާތު ތަޖުރިބާތައް ކޮށް އަމިއްލަ ނަފްސަށްޓަކައި ދިރިއުޅުމުގެ މުހިއްމުކަން މަލައިކާ ފާހަގަކުރި އެވެ.
އޭނާ އިތުރަށް ބުނީ ބައިވެރިޔާއާއެކު ޒަވާޖީ ހަޔާތެއް ފަށަން ނިންމަންވާނީ މިނިވަން ދިރިއުޅުމެއް އުޅެ އަމިއްލަ ފައިމައްޗަށް ތެދުވެވުމުން ކަމަށެވެ.
1998 ވަނަ އަހަރު އަރްބާޒްއާ ކައިވެނިކުރި މަލައިކާ ވަރިވެފައިވަނީ 2017 ވަނަ އަހަރު އެވެ. އޭގެ ފަހުން އެކްޓަރު އަރުޖުން ކަޕޫރުއާ އޭނާ ލޯބީގެ ގޮތުން ގުޅުނު ކަމަށް އަޑު ފެތުރުނެވެ.
ރީ-ރަޖިސްޓްރޭޝަން އަށް އިތުރު 5 ދުވަސް
ފޮނަދޫ ކައުންސިލުން ގަވައިދާ ހިލާފަށް ބީލަންތައް ބަހާލި: އޮޑިޓް
ސަލީމްގެ ސިއްހީ ހާލު ގޯސްވެ ފަރުވާ ދެނީ!