ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި މާލޭގައި ބިނާ ކުރެއްވި އިސްލާމީ މަރުކަޒުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ދަ މައުމޫން ފައުންޑޭޝަނާއި ހަވާލުކޮށްފި އެވެ.
އެ މަސައްކަތް ކުރުމަށް ނިންމާފައިވަނީ މިއަދު އިސްލާމިކް މިނިސްޓްރީ އާއި މައުމޫން ފައުންޑޭޝަނުން ސޮއި ކުރި އެމްއޯޔޫއެއްގެ ދަށުންނެވެ.
ބުދަ ދުވަހު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސޮއި ކުރެއްވީ އިސްލާމިކް މިނިސްޓްރީގެ ފަރާތުން މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު އާއި މައުމޫން ފައުންޑޭޝަންގެ ފަރާތުން ފައުންޑޭޝަންގެ ޗެއާމަން ރައީސް މައުމޫން އަބްދުލްގައްޔޫމް އެވެ.
އެ އެއްބަސްވުމުގެ ދަށުން އިސްލާމީ މަރުކަޒު އިމާރާތުގައި ހުރި އާބާތުރަ ފިލުވައި، އެކަށީގެންވާ ދިގު މުއްދަތަކަށް ބޭނުންކުރެވޭ އިމާރާތަކަށް ހެދުމަށް މަޝްރޫއެއް ރާވައި، ރާއްޖެއާއި ރާއްޖޭން ބޭރުން އެހީ ހޯދައިގެން، ދެފަރާތުން އެއްބަސްވެވޭ ގޮތެއްގެ މަތިން މައުމޫން ފައުންޑޭޝަނުން އެމަސައްކަތް ކުރާނެ ކަމަށް މައުމޫން ފައުންޑޭޝަނުން ބުންޏެވެ.
މީގެ އިތުރުން އެ އެމްއޯޔޫގެ ދަށުން އިސްލާމިކް މިނިސްޓްރީގެ ފަރާތުން އިސްލާމީ މަރުކަޒުގައި ކުރިޔަށް ގެންދަވާ ދީނީ މުނާސަބާތަކުގައި ރައީސް މައުމޫން ތަޤްރީރު ކުރެއްވުމާއި އަދި ރައީސް މައުމޫން ލިޔުއްވާފައިވާ ދީނީ ފޮތްތައް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ފަރާތުން އިސްލާމީ މަރުކަޒުގެ ލައިބްރަރީގައި އާންމުކޮށް ފެންނަން ހުންނާނެ އިންތިޒާމު ހަމަޖައްސަވައި ދެއްވުމަށް އެއްބަސްވެފައިވާ ކަމަށް މައުމޫން ފައުންޑޭޝަނުން ބުނެ އެވެ.
މީގެ އިތުރުން މައުމޫން ފައުންޑޭޝަނުގެ ފަރާތުން ކުރިޔަށް ގެންދާ ދީނީ އަދި އިޖުތިމާޢީ އެކިއެކި ކަންކަމުގައި އިސްލާމިކް މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދިނުމާއި، މައުމޫން ފައުންޑޭޝަނުގެ ޑިޖިޓަލް އާކައިވް އާއި ލައިބްރަރީ އުފެއްދުމުގައި އެ މިނިސްޓްރީން އެހީތެރިވުމަށް ވަނީ ނިންމާފަ އެވެ.
ވާއިޒު މުރުޝިކްގެ މަގާމަށް ޝައިޚް މުހައްމަދު އިބްރާހީމް
"ޑޮން 3" ރަންވީރު ވެސް ދޫކޮށްލީތަ؟
ކެޓްރީނާގެ ޒުވާންކަމުގެ ސިއްރަކީ މިއީ!