ހޮލީވުޑްގެ މަޝްހޫރު އެކްޓަރު އަދި ރެޕް ލަވަކިޔުންތެރިޔާ ވިލް ސްމިތުއާއި އޭނާގެ ކުންފުނި، ޓްރޭބޯލް ސްޓޫޑިއޯސް މެނޭޖްމަންޓާ ދެކޮޅަށް ޖިންސީ ފުރައްސާރައިގެ ދައުވާއެއް ކޮށްފި އެވެ.
އެ ދައުވާ ކޮށްފައިވަނީ މިދިޔަ އަހަރުގެ ކުރީކޮޅު ބޭއްވި ވިލްގެ ޓުއާގައި އޭނާގެ ވައަލިނިސްޓްއެއްގެ ގޮތުގައި މަސައްކަތްކުރި ފިރިހެން ފަންނާނެކެވެ.
އެ ދައުވާގައި އެ ފަރާތުން ބުނެފައިވަނީ ޓުއާގެ ތެރެއިން ވިލްގެ ކުންފުނިން އޭނާއަށް ހަމަޖައްސައިދިން ކޮޓަރިއެއްގައި ޖިންސީ ފުރައްސާރައަށް މާނަ ކުރެވޭ ބައެއް ތަކެތި ފެނިފައިވާ ކަމަށެވެ.
އެކަން ޓުއާގެ މެނޭޖްމަންޓަށް ރިޕޯޓު ކުރުމުން އޭނާ ހަދަނީ ދޮގު ކަމަށް ބުނެ ގަވާއިދާ ހިލާފަށް އޭނާ ވަޒީފާއިން ވަކިކުރި ކަމަށް ވެސް އެ ދައުވާގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން ވެސް އެ ތަޖުރިބާތަކުގެ ސަބަބުން އޭނާއަށް ނަފްސާނީ ގެއްލުންތައް ކުރިމަތިވެ ޕީޓީއެސްޑީއަށް ފަރުވާ ހޯދަމުން އަންނަ ކަމަށް ވެސް ތުހުމަތު ކޮށްފައިވެ އެވެ.
މި މައްސަލަ މިހާރު ކޯޓަށް ހުށައެޅިފައިވާއިރު ގުޅިގެން ވިލްއާއި އޭނާގެ ޓީމުން ވެސް އަދި މިހާތަނަށް ފާޅުގައި އެއްވެސް ބަހެއް ބުނެފައެއް ނުވެ އެވެ.
އިންތިޚާބުގެ ކަންކަން ބަލަހައްޓަން ފުލުހުންގެ 4 ކޮމާންޑަރުން
ޖުވާ ކުޅޭ މީހުން ޖަލަށް ލެވޭގޮތް ހަދަން އިސްލާހެއް