ދޮށީ އުމުރުގެ މީހުންނަށް ދައުލަތުންދޭ އަސާސީ ޕެންޝަނާއި، ފުލުހުންނާއި ސިފައިންނަށް ލިބޭ ޕެންޝަން ފިޔަވައި، ދައުލަތުގެ އެހެނިހެން ގާނޫނުތަކުން ދެމުން އަންނަ ޕެންޝަން ދިނުން ހުއްޓާލުމަށް މަޖިލީހަށް ހުށައަޅާފައިވާ ގާނޫނަށް ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް އުމަރު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިފަދަ ކަންބޮޑުވުމެއް ފާޅުކުރައްވާފައި މިވަނީ، ތޮއްޑޫ ދާއިރާގެ މެންބަރު އަހްމަދު ޝިޔާން (ގިޓާ) ހުށަހެޅުއްވި ބިލަކާ ގުޅިގެނެވެ.
މިކަމާ ގުޅިގެން އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕެންޝަން ލިބޭ މީހުނަށް ނިކަމެތިކަން ލިބޭ ގޮތަށް ގާނޫނު ބަދަލު ކުރަނީ ވެސް ސަރުކާރުން ކޮންމެހެން ފައިސާ ދޭން ޖެހޭ މީހުނަށް ފައިސާ ހޯދަން ކަމުގައިވާނަމަ އެއީ އަދި މާ ހިތާމަހުރި ކަމެއް ކަމަށެވެ. އަދި ޕެންޝަން ލިބޭ މީހުންގެ ހައްގުތައް ހިމާޔަތްކުރުމަށް އިތުރަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދޮށީ އުމުރުގެ މީހުންނަށް ދައުލަތުންދޭ އަސާސީ ޕެންޝަނާއި، ފުލުހުންނާއި ސިފައިންނަށް ލިބޭ ޕެންޝަން ފިޔަވައި، ދައުލަތުގެ އެހެނިހެން ގާނޫނުތަކުން ދެމުން އަންނަ ޕެންޝަން ދިނުން ހުއްޓާލުމަށް، ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށައަޅާފަ އެވެ.
އެ ގާނޫނަށް އަމަލު ކުރަން ފެށުމުގެ ކުރިން ސިފައިންގެ ގާނޫނާއި ފުލުހުންގެ ގާނޫނު ފިޔަވައި، އެހެން ގާނޫނެއްގެ ދަށުން ދައުލަތުގެ އެކި އިދާރާތަކުން، ނުވަތަ މުއައްސަސާތަކުން، ދެމުންދިޔަ ދައުލަތުގެ އެހެނިހެން ޕެންޝަން، މި ގާނޫނަށް އަމަލު ކުރަން ފެށުމާއެކު، އެ އިދާރާތައް ނުވަތަ މުއައްސަސާތައް މެދުވެރިކޮށް ދިނުން ނިމުމަކަށް އަންނާނެ ކަމަށެވެ.
ޓްރީ ޓޮޕާއި މަޔޯ ކްލިނިކް ގުޅިގެން މެޑިކަލް ވޯކްޝޮޕްތަކެއް
ބިޑަކާ ނުލައި މެންބަރު ސައުދުﷲގެ ކުންފުންޏަށް ވެސް މަޝްރޫއުތަކެއް
އޮކްޓޫބަރު މަހު ވޭޕް ޖޫރިމަނާއަށް 226،000 ރުފިޔާ
ދަވުލަތުގެ ހަރަދު ބޮޑުވާނެ.
ވަރަށް ދެރަވަރު ކަމެއް. ދެން ދައުލަތަށް ގިނަދުވަހު ހިދުމަތް ކުރިއޭ ކިޔާފަ ތިޔަ އެވޯޑެއް ދޭން ތިޔައުޅެނީ ކީއްކުރަން. ދިވެހިންނަށް ލިބެންއޮތް ހުރިހާ އެއްޗެއް ކަޑާލާފަ ވަގު ބިދޭސީން ބާރުވެރިކޮށް މަގުމަތީ ޑޮލަރުވިއްކަން ބައިތިއްބާފަ އެތިބީ. މި ސަރުކާރު ވެއްޓޭތޯ ދުއާކުރަން އެބަޖެހޭ.