ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮފައިވާ ހުސައިން ސަނީ އުމަރު ދިރިއުޅުނު އެޕާޓްމަންޓު ބަލައި ފާސްކުރީ އޭނާ ފޮރުވި ފޯނާއި ލެޕްޓޮޕެއް ހޯދަންކަން އެނގިއްޖެ އެވެ.
މިކަން އެނގުނީ ކްރިމިނަލް ކޯޓުން ނެރެފައިވާ ބަލައިފާސްކުރުމުގެ އަމުރުންނެވެ. ކޯޓު އަމުރުގައިވާގޮތުން ފުރަތަމަ ދުވަހު ސަނީ އުމަރު ހައްޔަރުކުރި އިރު، އޭނާގެ އަތުގައި އޮތް މޮބައިލް ފޯނު މިހާރު ނެތެވެ. އެއީ އައިފޯން 12 އެކެވެ. ދެވަނަ ފަހަރަށް ހައްޔަރުކުރިއިރު އޮތީ ޒިއޯމީ ބްރޭންޑުގެ ފޯނެއް ކަމަށް ކޯޓް އަމުރުގައިވެ އެވެ.
އަނިޔާ ލިބުނު ކުއްޖަކަށް ލެޕްޓޮޕުން ހަޑިހުތުރު މަންޒަރު ދެއްކި ކަމަށް ކިޔާދީފައިވާތީ، އެ ލެޕްޓޮޕް ހޯދަން އުޅޭކަން ވެސް ކޯޓް އަމުރުން އެނގެ އެވެ.
ކޯޓު އަމުރެއްގެ ދަށުން ފުލުހުން ބަލައި ފާސްކުރީ ހ. ސިޓްރަސްގެ ތިންވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެކެވެ.
މީގެ 10 އަހަރު ކުރިން ފެށިގެން ތަފާތު އެކި ދުވަސްމަތިން އެކި ކުދިންނަށް ޖިންސީ ގޯނާކޮށްފައިވާކަން ސަނީގެ މައްޗަށް ތުހުމަތު ކުރެވެ އެވެ.
ޕެންޝަން ގާނޫނު ބަދަލުކުރަނީ އޮޅުވާލައިގެން ފައިސާ ޗާޕުކުރަން
ކަންގަނާ އަނބުރާ ފިލްމު ސެޓަށް!
