ބައިނަލްއަގްވާމީ ޖައްވީ އިދާރާ ނާސާގެ ސްޕޭސް ޕްރޮގްރާމްގެ ތެރެއިން މިވަގުތު އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންގައި މަސައްކަތް ކުރަމުން އަންނަ ޖައްވީ ސައިންސްވެރިއަކަށް ސިއްހީ ހާލަތެއް މެދުވެރިވެ އެ ޕްރޮގްރާމްގެ ބައިވެރިން އަނބުރާ ގެންނަން މަސައްކަތް ފަށައިފި އެވެ.
މިދިޔަ އޮގަސްޓް މަހު ސްޕޭސްއެކްސްގެ އުޅަނދެއްގައި ޖައްވަށް ދިޔަ ހަތަރު މެމްބަރުންގެ ކްރޫ 11 ދުނިޔެއަށް ގެންނަން ހަމަޖެހުނީ އެ ދަތުރު ނިންމަން ތާވަލު ކުރެވިފައި އޮތް ދުވަހުގެ އެއް މަސް ކުރިންނެވެ.
އެގޮތުން އެ ހަތަރު ސައިންސްވެރިން އަންނަ ބުދަ ދުވަހުގެ ރޭ ޖައްވީ ސްޓޭޝަނުން ދަތުރު ފަށާއިރު ޖެހިގެން އަންނަ ދުވަހުގެ ހެނދުނު ދުނިޔެއަށް އަންނާނެ ކަމަށް ހަބަރުތައް ބުނެ އެވެ.
ޖައްވީ ސްޓޭޝަންގައި މެދުވެރިވީ ކޮން ސިއްހީ ހާލަތެއް ކަމެއް ނާސާއިން ހާމަކޮށްފައި ނުވާއިރު ހާލު ދެރަވި ސައިންސްވެރިޔާގެ ހާލަތު "ސްޓޭބަލް" ކަމަށް ނާސާއިން ބުނެ އެވެ.
މިއާއެކު މި ދަތުރު ވެފައިވަނީ ސިއްހީ ސަބަބަކާހުރެ ނާސާގެ މިޝަންއެއް ކުރުކޮށްލި ފުރަތަމަ ފަހަރަށް ކަމަށް ރިޕޯޓުތަކުން ފާހަގަ ކުރެ އެވެ.
އެ ހާލަތު މެދުވެރި ނުވިނަމަ މިޝަން ފުރިހަމަ ކުރުމަށްފަހު ދަތުރުގެ ބައިވެރިން ދުނިޔެއަށް އަންނަން ހަމަޖެހިފައި އޮތީ އަންނަ މަހުގެ ކުރީކޮޅު އެވެ.

ރޯދަ މަލާފަތް: ދިވެހި ރަހަތައް އެކުލެވޭ ބަނބުކެޔޮ ބޮނގަރަ
ރޯދަ މަހު ފޮނި ކެއުންތަކުން ދުރުވާނެ ދެތިން ގޮތެއް!
"ބޯޑާ 2"ގެ ކާމިޔާބަށްފަހު ވަރުން އެކްޓިންއިން ބްރޭކެއް ނަގަނީ؟