އުމްރާގެ އަޅުކަމަށް ފަހު ރާއްޖެ އައި ދިވެއްސަކު ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.
މަރުވެފައި ވަނީ ފުވައްމުލަކު ރަތަމަލާނާ އަހުމަދު ލަތީފް އެވެ. އޭނާ ނިޔާވީ އާއިލާއާއެކު އއ. ތޮއްޑޫއަށް ގޮސް އުޅެނިކޮށް ހާޓް އެޓޭކެއް ޖެހިގެން ކަމަށްވެ އެވެ.
އުމްރާގެ އަޅުކަމަށް ފަހު އަހުމަދު އެނބުރި ރާއްޖެ އައިސްފައި ވަނީ މި ހަފްތާގެ ތެރޭގައި ކަމަށް އެނގިފައިވެ އެވެ.
ފުވައްމުލަކުގައި ވިޔަފާރިކުރާ އަހުމަދު އަކީ ފުނާޑު އަވަށު ކައުންސިލަރު އާމިނަތު އިނާޔާގެ ބޭބެއެކެވެ.
އުމްރާގެ އަޅުކަމަށް ގޮސް ހުއްޓައި ޙާލު ދެރަވި ދިވެއްސަކު ދާދިފަހުން ވަނީ އަނބުރާ ރާއްޖެ ގެނެސްފަ އެވެ. އެ މީހާ މާލެ ގެނެސް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގަ އެވެ.
ސްކޫލް ބޮޑު ޗުއްޓީއާ ދިމާކޮށް އެކި ގްރޫޕްތަކުގެ ހަވާލުގައި 7،000 އަށް ވުރެ ގިނަ މީހުން އުމްރާ އަށް ދިޔަ އެވެ. އަދި އުމްރާ އަށް ގޮސް އުޅެނިކޮށް ދެ މީހަކު ނިޔާ ވެސް ވެފައިވެ އެވެ.
މިއީ، މިއަދު ކުއްލި ގޮތަކަށް ހިނގި މިފަދަ ދެވަނަ މަރެވެ. އެގޮތުން ކުޅުދުއްފުށި ސިޓީގައި، 16 އަހަރުގެ އަންހެން ކުއްޖަކު ވެސް މިއަދު ވަނީ ކުއްލި ގޮތަކަށް ވަނީ މަރުވެފަ އެވެ.
މިއުޒިކީ ދާއިރާއިން "ބްރޭކް"އެއް ނަގަން އެރިއާނާ ނިންމި ސަބަބު!
އެރިއާނާގެ އެންމެ ފަހުގެ ފެނިލުމާއެކު ކަންބޮޑުވުންތަކެއް!
ކަނޑުއޮޅި ހުޅުވާލުމުގެ އެއްބަސްވުމަކާ ގާތަށް އާދެވިއްޖެ: އެމެރިކާ