މާލޭގެ ގެއަކުން ވަގަށް އަނބު ބިން މީހަކު ޖަލަން ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
މިދިޔަ އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނީ މާލޭ ގަލޮޅުގައި ހުރި ގެއަކަށް ގޭގެ ވެރިފަރާތުގެ ހުއްދަ ނެތި ވަދެ، އެ ގޭގައި ހުރި އަނބު ގަހުން 127 އަނބު ބިނދެފައިވާ ކަމަށެވެ.
އެމީހާ ވަނީ ޝަރީއަތުގައި ކުށަށް އިއުތިރާފުވެފަ އެވެ. އެހެންވެ، ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގައި އޭނާއަށް ކްރިމިނަލް ކޯޓުން ވަނީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އަދި، ވައްކަންކުރުމުގެ ކުށުގައި އޭނާއަށް ވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.
ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު ވައްކަމުގެ 3478 މައްސަލަ ރިޕޯޓުކޮށްފައިވެ އެވެ. އަދި މި އަހަރުގެ މިހާތަނަށް 115 މައްސަލަ ވަނީ ރިޕޯޓުކޮށްފަ އެވެ.
އޭލިއަންވެއާ ގޭމިން ބަންޑްލްގެ ނަސީބުވެރިޔާ ހޮވައިފި
އަކްޝޭއާއެކު މަސައްކަތް ކުރަން ކަންގަނާ ދެކޮޅު ހެދި ސަބަބު!
އީރާނާއެކު ވިޔަފާރިކުރާ ގައުމުތަކުން އެމެރިކާއިން ޓެރިފް ނަގަނީ