މާލޭގެ ގެއެއްގެ ތެރޭގައި ކެނަބިސް ގަސްތަކެއް އިންދައި މަސްތުވާތަކެތި ގެންގުޅުނު މީހަކު 100 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
2023 ވަނަ އަހަރުގެ މެއި މަހު މާލޭގެ ގެއެއްގެ ދޮރުމަތީގައި މަރުޖުވާނާ ގަހެއް ހުރިކަމަށް ބުނެ މީހަކު ކުރި ރިޕޯޓަކާއި ގުޅިގެން ފުލުހުން އެގެ ބަލައި ފާސްކުރިއިރު އިތުރު ގަސްތަކެއްވެސް އެގޭގައި ހުރިކަން އެނގުނުކަމަށް މި މައްސަލައިގައި ކޮށްފައިވާ ހުކުމުން އެނގެ އެވެ.
އަހުމަދު ޔާސިހު، ނިޝާން/ނ. ކެނދިކުޅުދޫ މާލޭގައި ދިރިއުޅޭ ގޭގެ ބެލްކަނީން ފެނުނު ހަތަރު ގަހާއި އޭނާގެ ކޮޓަރިން ފެނުނު ދެ ގަހަކީ އަދި މަގުމަތިން ފެނުނު ގަހަކީ ވެސް، ކެނަބިސް ގަސް ކަން ތަހުލީލު ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. ކޯޓުގައި މި ދައުވާތަކަށް އަހުމަދު ޔާސިހު އިންކާރުކުރި އެވެ.
މި ކުށުގެ އަދަބަކަށް އޭނާގެ މައްޗަށް އިއްވީ 25 އަހަރުގެ ޖަލު ހުކުމަކާ އެކު، 100،000ރ.ގެ ޖޫރިމަނާއެކެވެ. މި މައްސަލާގައި އަހުމަދު ޔާސިހު މައްޗަށް މަސްތުވާތަކެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ އާއި ޑައިމޯފިން އަދި ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ ވެސް ކުރި އެވެ. މި ތިން ދައުވާ ވެސް އޭނާގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ.
މިއިން ކޮންމެ ދައުވާއަކަށް 25 އަހަރުގެ ޖަލު ހުކުމާއެކު މުޅި ޖުމްލަ އޭނާގެ މައްޗަށް އިއްވާފައިވަނީ 100 އަހަރުގެ ޖަލު ހުކުމެކެވެ. މީގެ އިތުރުން 12 މަސް ދުވަސް ތަރެގައި 400،000ރ.ގެ ޖޫރިމަނާ ދައްކަން ވަނީ ހުކުމްކޮށްފަ އެވެ.
އުމްރާއަށް ފަހު ރާއްޖެ އައި ދިވެއްސަކު ކުއްލިގޮތަކަށް ނިޔާވެއްޖެ
ގޭސް ޝިޕްމަންޓަށް ދެއްކި ފައިސާ ގެއްލުނު މައްސަލަ މަޖިލީހަށް
ލޭގެ ޕްރެޝަރު އެއްވަރެއްގައި ހިފަހައްޓަން ދެތިން ކަމެއް!