ބޭންކް އޮފް މޯލްޑިވްސް އާއި އޭޝިއަން އިންސްޓިއުޓް އޮފް ޗާޓާޑް ބޭންކާސް (އޭއައިސީބީ) އާ ގުޅިގެން ރާއްޖޭގެ ބޭންކިން ޕްރޮފެޝަން އިތުރަށް ތަރައްގީކޮށް ކުރިއެރުވުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ބީއެމްއެލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ މުހައްމަދު ޝަރީފެވެ. އޭއައިސީބީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެކްޒެކްޓިވް އެޑްވާޑް ލިން އެވެ. މި އެއްބަސްވުމުގެ ދަށުން ޗާޓަޑް ބޭންކިންގެ ދާއިރާއިން ދިވެހިން ތަމްރީނު ކުރުމުގެ ފުރުސަތުތައް ހުޅުވާނެ އެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ އޮފިޝަލް ވިދާޅުވީ އޭއައިސީބީ އާއި ގުޅިގެން ރާއްޖޭގެ ބޭންކިން ޕްރޮފެޝަން އިތުރަށް ތަރައްގީކުރުމަށް މި އެއްބަސްވުމާއެކު މުހިންމު މަސައްކަތްތަކެއް ފެށޭނެ ކަމަށެވެ. މިގޮތުން ޗާޓަޑް ބޭންކިންގެ ޕްރޮގްރާމްތަކާއި ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ޕްރޮގްރާމްތައް ރާއްޖޭގައި ހިންގާނެ ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.
"ގައުމީ ބޭންކުގެ ހައިސިއްޔަތުން މި ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްގީކޮށް ކުރިއެރުވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.
ބީއެމްއެލް އިން ބުނިގޮތުގައި ބޭންކިން ދާއިރާގެ ތައުލީމާއި ތަމްރީނު ފޯރުކޮށްދޭ ފަރާތެއްގެ ގޮތުން ބީއެމްއެލް އެކަޑަމީން އަންނަނީ މި ދާއިރާއިން މީހުން ބިނާކުރުމުގެ ގޮތުން އެކި ޕްރޮފެޝަނަލް ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން އިންޓާންޝިޕްގެ ފުރުސަތު ވެސް ދެމުންނެވެ.
މޮރޮކޯއިން ސެނެގޯލް އާ މެދު ކަންކުރާގޮތުން ކަންބޮޑުވުން
ސަލްމާން އާއި ބިޝްނޯއީގެ ދެކޮޅުވެރިކަމަށް ނަޒަރެއް!
ގޯއްޗާއި ފްލެޓަށް ކުރިމަތިލާން ހުޅުވާލުމުން އީފާސް އަށް ނުވަދެވޭ