ބޭންކް އޮފް މޯލްޑިވްސް އިން މަމްސް އެއިޑްގެ ބެކް ޓު ސްކޫލް ކެމްޕޭނަށް 100،000 ރުފިޔާ ހަދިޔާކޮށްފި އެވެ.
މި ކެމްޕޭނަކީ ކުރިއަށް އޮތް ދިރާސީ އާ އަހަރާ ދިމާކޮށް ސްކޫލަށް ތައްޔާރުވުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ އާއިލާތަކަށް އެހީތެރިވުމަށް ހިންގާ ކެމްޕޭނެކެވެ. މި ކެމްޕޭނުން މަމްސް އެއިޑުގެ ކެއާ ލިސްޓުގައި ހިމެނޭ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.
ވޭތުވެދިޔަ އަހަރުތަކުގައި މަމްސް އެއިޑުން ހިންގި އެކި ހަރަކާތްތަކަށްވެސް ބޭންކުން ވަނީ އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފަ އެވެ. މިގޮތުން މިދިޔަ އަހަރު ބީއެމްއެލް އިސްލާމިކުން ބެކް ޓު ސްކޫލް ކެމްޕޭނަށް ހަދިޔާކޮށް، 100 ކުދީންނަށް އެހީތެރިކަން ފޯރުކޮށްދީފައި ވެ އެވެ.
މެންބަރުން ހަމަނުވެ 'ދަ ޑިމޮކްރެޓްސް' އުވާލައިފި
ކުރީގެ ހަ ރައީސުންގެ ވީއައިޕީ ވެއިޓަރު ހަލީމް ނިޔާވެއްޖެ
ހާމަނާއީ އާ ބައްދަލުކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
