ރިސޯޓެއްގައި ބައިގެންދިޔަ ކުއްޖެއްގެ މަރުގެ މައްސަލައިގެ ތަހުގީގު ތެރެއިން އެ ކުއްޖާގެ އޮޓޮޕްސީ ހަދާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ވ. އަތޮޅުގެ ރިސޯޓެއްގައި އުމުރުން 27 އަހަރުގެ ދިވެހި އަންހެނަކު ބަލިވެއިންދާ ކުއްޖާ ބައިގެންދިޔަ މައްސަލައެއް ފުލުހުންނަށް ހުށަހެޅީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ގަ އެވެ. އެ މައްސަލާގެ އިތުރު ތަފުސީލެއް މީގެކުރިން ފުލުހުން ދީފައެއް ނުވެ އެވެ.
އެ ކުއްޖާގެ މަރުގެ މައްސަލާގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން، އެ މައްސަލަ ބަލަމުންދާއިރު ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތަހުގީގު ބޭނުމަށް ކުއްޖާގެ އޮޓޯޕްސީ ހަދާފައިވާ ކަމަށެވެ. އެހެން ނަމަވެސް އޮޓޯޕްސީގައި ފައިނަލް ރިޕޯޓު މިހާތަނަށް ލިބިފައިނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ބައިގެންދިޔަ ކުއްޖެއްގެ މަރުގެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ގަ އެވެ.
އެނގިފައިވާ ގޮތުގައި، އެ އަންހެން މީހާއަކީ ސިނަމަން ވިލުފުށި ރިސޯޓުގެ މުވައްޒަފެކެވެ.
ކުއްޖާގެ މަރާ ގުޅޭގޮތުން ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން އެ މައްސަލަ ތަހުގީގު ކުރަމުން އައި ނަމަވެސް، ފުލުހުން އޭރުވެސް އެކަމާ ގުޅޭ އިތުރު މައުލޫމާތު ހިއްސާއެއް ނުކުރެ އެވެ.
އާނަންތާއި ރާދިކާ އިތާފުށީގައި!
ރިޝްވަތުގެ ފަސް ދައުވާއިން މައުމޫން ސަލާމަތްވެއްޖެ