ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރި އަމާން ދޯނި ޓަވަރު 1 ގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ބައެއް ފްލެޓުތަކުގެ ބައެއް ފެން ހޮޅިތަކަށް ގެއްލުން ލިބިއްޖެ އެވެ.
އެ ފްލެޓްގައި ދިރިއުޅޭ މީހުންނަށް އެފްޑީސީން ފޮނުވި މެސެޖުގައި ބުނީ އަލިފާނުގެ ހާދިސާގައި ހޮޅިތަކަށް ގެއްލުން ލިބިފައިވާ ކަމަށެެވެ. އެހެންވެ، ކޮންމެ ފަންގިފިލާއެއްގެ 6 ވަނަ ޔުނިޓުގެ މާސްޓާ ބެޑްރޫމް ފިޔަވައި އެހެން ކޮޓަރިތަކާއި ޔުޓިލިޓީ އޭރިއާގައި ފެނާއި ޑްރެއިނޭޖް ބޭނުން ނުކުރުމަށް ވަނީ އެދިފަ އެވެ.
އެފްޑީސީން ބުނި ގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ޓަވަރުގެ ގްރައުންޑް ފްލޯގައި އުކާލާފައިވާ ކުނިތަކެއްގަ އެވެ.
އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ. އެ ސަބަބު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ހާދިސާގައި އިމާރާތަށް ލިބިފައިވާ ގެއްލުން ދެނެގަނެ މަރާމާތު ކުރުމުގެ މަސައްކަތް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ.
ކުނި އުކާލުމަށް ހާއްސަ ކުރެވިފައިވާ ސަރަަހައްދު ފިޔަވައި އެހެން ތަންތަނަށް ކުނި އެޅުމަކީ މަނާ ކަމެއްކަން އެފްޑީސީން ވަނީ ހަނދާންކޮށްދީފަ އެެވެ.
އިޒްރޭލުން އެއްބަސްވުމާ ހިލާފުވެ ހަމަލާދޭތީ މަޝްވަރާ ހުއްޓިއްޖެ
ދިރާގު ފޯރި ލަކީޑްރޯގައި 65 އިންޗީގެ ސްމާޓް ޓީވީއެއް
"ސްޕައިޑަމޭންގެ އާ ސަފްހާއަކާއެކު ޓޮމް އެނބުރި އަތުވެއްޖެ

ޢެހެން އެއްވެސް ނޫހަކުން މި ޚަބަރެއް ނުފެނޭ ކީއްވެބާ