ދިވެހިންގެ ތެރޭގައި ވެސް ބޮޑު މަގުބޫލުކަމެއް ހޯދި 2003 ވަނަ އަހަރު ރިލީޒްކުރި ބޮލީވުޑްގެ ކާމިޔާބު ފިލްމު "ތޭރޭ ނާމް" އަލުން ސިނަމާތަކަށް އަންނަން ތައްޔާރުވެއްޖެ އެވެ.
އިންޑިއާގެ ހަބަރުތަކުން ބުނާ ގޮތުގައި "ތޭރޭ ނާމް" ސިނަމާތަކަށް އަންނާނީ ކުރިއަށް އޮތް ލޯބިވެރިންގެ ދުވަހާ ގުޅުވައިގެން ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު އެވެ.
އެގޮތުން އިންޑިއާގެ އެކި ކަންކޮޅުތަކުގައި "ތޭރޭ ނާމް" އަލުން އަޅުވަން ނިންމާފައިވާއިރު މިފަހަރު ވެސް އެ ފިލްމަށް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ބެލެވެ އެވެ.
ސަލްމާން ޚާންއާއި ބުމިކާ ޗާވްލާ ލީޑު ރޯލުން ފެނިގެންދާ އެ ފިލްމަކީ ސަތިޝް ކައުޝިކް ޑައިރެކްޓް ކޮށްދީފައިވާ ލޯބީގެ ހިތްދަތި ވާހަކައެއް ދައްކައިދޭ ފިލްމެކެވެ.
ހާއްސަކޮށް އެ ފިލްމުގެ ލަވަތަކަކީ ބެލުންތެރިންގެ މަގުބޫލުކަން ލިބުނު މިއަދާ ޖެހެންދެން ވެސް އާއްމުންގެ ހިތްތަކުން ޖާގަ ދެވިފައިވާ ރީތި ލަވަތަކެކެވެ.
ލޯބިވެރިންގެ ދުވަހާ ގުޅުވައިގެން ސަލްމާންގެ "ތޭރޭ ނާމް"ގެ އިތުރުން ޝާހްރުކް ޚާންގެ "ދޭވްދާސް" ވެސް އަލުން ސިނަމާތަކުގައި އަޅުވަން ވަނީ ހަމަޖެހިފަ އެވެ.
މާބަނޑު އަންހެނުންގެ ފިރިން ސަމާލުވާންވީ ކަމެއް!
އަލިފާނުގެ ހާދިސާއާ ގުޅިގެން 21 މީހަކަށް ވަގުތީ ބޯހިޔާވަހިކަން
އެންމެ ފަހުން އެމްބާގެ ރުޅިގަނޑު ފަޅައިގެން ގޮސްފި