ބޮލީވުޑްގެ މަޝްހޫރު ތަރި ގޯވިންދާ އޭނާގެ އަމިއްލަ ދަރިންގެ ކަންކަމަށް އިހުމާލުވާ ކަމަށް ބުނެ އަންހެނުން ސުނީތާ އަހޫޖާ ކުރި ތުހުމަތުތަކަށް ގޯވިންދާ ރައްދު ދީފި އެވެ.
މީޑިއާއަށް މިފަހުން ދިން އިންޓަވިއުއެއްގައި ގޯވިންދާ ބުނީ އޭނާ ސިޔާސީ ދާއިރާ ވެސް ދޫކޮށްލީ އޭނާގެ އާއިލާއަށްޓަކައި ކަމަށާއި ބޮލީވުޑްގެ ގުޅުންތައް ބޭނުންކޮށްގެން އޭނާއަށް ކަމެއް ކުރެވިދާނެ ކަމަށް އޭނާގެ އާއިލާއިން ގަބޫލު ނުކުރާ ކަމަށެވެ.
ސުނީތާ ގޯވިންދާއަށް ތުހުމަތު ކޮށްފައިވަނީ އެ ދެމީހުންގެ ދަރިފުޅު ޔަޝްވަރްދަން އަހޫޖާގެ ފިލްމީ ކެރިއަރަށް ގޯވިންދާގެ ފަރާތުން ދޭންވާ އެއްބާރުލުން ނުދޭ ކަމަށެވެ.
އެހެން ނަމަވެސް ގޯވިންދާ ވަނީ އޭނާގެ ދަރިފުޅަށް ފިލްމުތަކުން ފުރުސަތުތައް ހޯދައިދިނުމަށްޓަކައި ޕްރޮޑިއުސަރު ސާޖިދު ނަޑިއަވާލާއާ ވާހަކަދެއްކި ކަން ހާމަކޮށްފަ އެވެ.
ގޯވިންދާ އިތުރަށް ބުނީ އޭނާގެ އަމިއްލަ އާއިލާގެ މެމްބަރުން އޭނާއަކީ ނާކާމިޔާބު މީހެއްގެ ގޮތުގައި ދެކޭ ކަމުގެ އިހުސާސް ކުރެވޭ ކަމަށެވެ.
އެގޮތުން ޔަޝްއަކީ އޭނާއަށްވުރެ އެކްޓްކުރަން މޮޅު މީހެއް ކަމަށާއި ބޮލީވުޑްގެ ފުރުސަތުތައް ޔަޝްއަށް ހައްގު ކަމަށް ވެސް ގޯވިންދާ ބުންޏެވެ.
ގޯވިންދާއަކީ 90ގެ އަހަރުތަކުން ފެށިގެން ބޮލީވުޑްގައި ހަރަކާތްތެރިވަމުން އަންނަ ތަރި އެކެވެ. އޭނާގެ ފިލްމުތަުގެ ތެރޭގައި "ހަތުޔާ"، "ހީރޯ ނަމްބަރު 1" އަދި "ކޫލީ ނަމްބަރު 1" ފާހަގަ ކޮށްލެވެ އެވެ.
ބުރުގާ އަޅާނަމަ އިސްތަށިގަނޑު ހަލާކުވަނީ ކީއްވެ؟
ހޮލީވުޑްގެ އެންމެ އާ ޖޯޑަކީ ކިމްއާއި ލުވިސް؟