މާސްގައި އިންސާނުން އާބާދު ކުރެވޭނެ ކަމަށް މަހުޖަނު އިލަން މަސްކް އިއުލާން ކުރުމާއެކު އޭނާގެ އެ މަސައްކަތަށް މުޅި ދުނިޔޭގެ ނަޒަރު ހުއްޓުނެވެ.
އެހެން ނަމަވެސް އޭގެ އަހަރުތަކެއް ފަހުން ވެސް އެކަމަށް މާ ބޮޑު ކުރިއެރުމެއް ލިބިފައިނުވާއިރު އިލަންގެ މިސްރާބު މިހާރު ބަދަލުވެފައިވާ ކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެ އެވެ.
އެންމެ ފުރަތަމަ އިލަން އިއުލާން ކޮށްފައިވަނީ އޭނާގެ ކުންފުނި ސްޕޭސް އެކްސްގެ ޕްރޮގްރާމެއްގެ ދަށުން 20 އަހަރު ތެރޭގައި މާސްގައި އިންސާނުން އާބާދު ކުރެވޭނެ ކަމަށެވެ. އެއީ މާސްއަކީ ދުނިޔެއާ އެންމެ އެއްގޮތް ސިފަތައް ހުރި ޕްލެނެޓަށް ވާތީ އެވެ.
އެހެން ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު އިލަން އޭނާގެ އެކްސް އެކައުންޓުގައި ހިއްސާކުރި ޓްވީޓެއްގައި ބުނެފައިވަނީ ސްޕޭސް އެކްސްގެ އެޖެންޑާ ބަދަލުވެފައިވާ ކަމަށާއި އެމީހުން މިހާރު އިސްކަންދެނީ ހަނދުގައި އިންސާނުން އާބާދު ކުރުވުމަށް ކަމަށެވެ.
އެގޮތުން ސްޕޭސް އެކްސްގެ އާ ޕްރޮގްރާމެއްގެ ދަށުން ކުރިއަށް އޮތް ދިހަ އަހަރު ތެރޭގައި ހަނދުގައި އިންސާނުން އާބާދު ކުރެވޭނެ ކަމަށް އޭނާ ބުންޏެވެ.
އިލަންގެ މި ޓްވީޓާއެކު ހަނދުގައި މީހުން އާބާދު ކުރުމަކީ މާސްގައި މީހުން އާބާދު ކުރުމަށްވުރެ ހާސިލް ކުރެވޭނެ ކަމަށް ކުރެވޭ ކަމެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
ރޯގާގެ އަސަރު އެކި މީހުންނަށް އެކި ވަރަށް ކުރަނީ ކީއްވެ؟
ޝަމްއާންއާއެކު ހައްޔަރުކުރި އޮފިސަރެއްގެ އަދަބުގެ ޖޫރިމަނާއަކަށް