ފަސް ކިލޯގެ ޑްރަގް ރާއްޖެ ގެނައުމަށްފަހު އެ ތަކެތި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތެރެއަށް ދޫކޮށްލާފައި ދާން އުޅުނު ޕާކިސްތާނު މީހަކު އަތުލައިގަނެ, އޭނާ އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
އަބްދުލްލަތީފް ބަލޮޗް ނަމަކަށްކިޔާ ޕާކިސްތާނު މީހަކު ހައްޔަރުކުރީ 2025 ވަނަ އަހަރު އޭނާ ޕާކިސްތާނުން ރާއްޖެ އައުމަށްފަހު އޭނާ ގެނައި ދެ ދަބަހުގެ ތެރެއިން އެއް ދަބަސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ބެލްޓަށް ދޫކޮށްލާފައި ދާން އުޅުމުންނެވެ.
އޭނާގެ ބޯޑިން ޕާހުގައި އޭނާ ދެ ދަބަހެއް ގެނައި ކަމަށް އޮތަސް, އޭނާ އެއާޕޯޓުން ނިކުންނަ ދިޔައީ އެންމެ ދަބަހެއް ހިފައިގެންނެވެ. އެހެންވެ، ކަސްޓަމްސްގެ އޮފިސަރުން އޭނާއާ އެކު ލަގެޖު ބެލްޓަށް ގޮސް އަނެއް ދަބަސް ނަގައި ފާސް ކުރިއިރު, އެ ދަބަހުގައި ފަސް ކިލޯގެ ޑްރަގް ހުއްޓެވެ.
މީގެކުރިން ވެސް އެގޮތަށް އޭނާއާއެކު މެދު ޝައްކުވެގެން 2023 ވަނަ އަހަރު އެއާޕޯޓުން ހުއްޓުވި އެވެ. ނަމަވެސް އެފަހަރު ދެވަނަ ދަބަސް އެއާޕޯޓުން ނުފެނުމުން އޭނާ އެފަހަރު ދޫކޮށްލި އެވެ.
ކްރިމިނަލް ކޯޓުން މިދިޔަ ހަފުތާގައި ކުރި ހުކުމުގައިވަނީ އެ ދަބަހަކީ އޭނާގެ އެއްޗެއް ނޫން ކަމަށް ބުންޏަސް, އޭނާގެ ބޯޑިން ޕާހާއި އެހެން ލިޔުންތަކަށް ބަލާއިރު އެ ދަބަސް ގެނައީ އޭނާކަން އެނގޭ ކަމަށެވެ.
އެހެންވެ، މަސްތުވާތަކެތި ރާއްޖެއަށް ޓްރެފިކް ކުރުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، އޭނާގެ މައްޗަށް އުމުރަށް ޖަލަށްލުމާއެކު, 2 މިލިއަން ރުފިޔާއިން ޖޫރިމަނާކުރަން ވަނީ ހުކުމްކޮށްފަ އެވެ.
އެ މައްސަލާގައި މިހާތަނަށް ޖަލުގައި އެއް އަހަރާއި 11 މަހާއި 10 ދުވަސް ހޭދަކޮށްފަ އެވެ. އެހެންވެ, އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ 23 އަހަރާއި 20 ދުވަހުގެ ޖަލު ހުކުމެކެވެ.
ވޯލްޑް ކަޕް ބޮއިކޮޓް ކުރަން ޖަރުމަނުގެ އޮފިޝަލަކު ގޮވާލައިފި
މަޖިލީހުގެ މެޖޯރިޓީގައި ތިބީ ހިޔާނާތްތެރި ޖާހިލު މެމްބަރުންތަކެއް
ހުއިފިލަނޑާތައް ނީލަން ކިޔަނީ ޕީޖީގެ ލަފާގެ މަތިން: ފުލުހުން
