މަރުކަޒީ ބޭންކް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ވެރިޔާގެ މަގާމުން ވަކިކުރި މައްސަލަ އިސްމާއިލް ސާޖިދު ކޯޓަށް ހުށަހަޅައިފި އެވެ.
އެފްއައިޔޫގެ ވެރިޔާގެ މަގާމުން ސާޖިދު ވަކިކުރީ، ޖިންސީ ފުރައްސާރައިގެ މައްސަލައެއްގެ ތުހުމަތުގައި ސަސްޕެންޑްކޮށްފައި ބެހެއްޓުމަށް ފަހު މިދިޔަ މަހުގެ 29ގައެވެ. އޭނާ ސަސްޕެންޑް ކުރީ ޑިސެމްބަރު މަހު އެވެ.
ސާޖިދު ވަކިކުރި މައްސަލަ ކޯޓަށް ހުށަހަޅައިފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ.
މައްސަލަ ބެލުމަށްފަހު އެމްއެމްއޭގެ ޖިންސީ ފުރައްސާރައިގެ މައްސަލަ ބަލާ ކޮމިޓީން ނިންމީ އޭނާގެ މައްޗަށް އެ މައްސަލަ ސާބިތުވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އަޅާ ފިޔަވަޅެއްގެ ގޮތުގައި އޭނާ ވަޒީފާއިން ވަކިކުރަން ވެސް ނިންމި އެވެ،
މިކަމާ ގުޅިގެން ސާޖިދު ވިދާޅުވެފައި ވަނީ އޭނާގެ އަބުރު ކަތިލައި، މަގާމުން ވަކިކުރީ މުވައްޒަފަކަށް ފިޔަވަޅު އެޅުމުން ކަމަށެވެ. އަދި މައްސަލަ ސާބިތުވާ ކަމަށް ނިންމީ މައްސަލަ ހުށަހެޅި ފަރާތުން ކަނޑައެޅިގެން ދޮގުތަކެއް ހަދާފައިވަނިކޮށް ކަމަށް ސާޖިދު ވަނީ ވިދާޅުވެފަ އެވެ.
އެ ދޮގުތައް ސާބިތުކުރެވޭ މިންވަރަށް ކޮމިޓީއަށް ކިތާބީ ހެކި ހުށަހަޅާފައިވީ ނަމަވެސް، މައްސަލަ ނިންމާފައި ވަނީ، އެ ހެކިތަކަށް އެއްވެސް މިންވަރަކަށް ބެލުމެއް ނެތި ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.
ހޮލީވުޑްގެ އެންމެ އާ ޖޯޑަކީ ކިމްއާއި ލުވިސް؟
ހަކުރު ބައްޔާއެކު ލޭ ހަދިޔާ ކުރެވޭނެތަ؟
