ދިވެހިން ދީނީގޮތުން ހޭލުންތެރިކުރުވުމުގައި މުހިންމު ދައުރެއް އަދާކުރައްވަމުން އަންނަ ޝައިހު މުހައްމަދު އިބްރާހީމް ދަރުސްއެއް ދެއްވަން މާލެ ވަޑައިގެންނެވިފަހުން ހާލު ގޯސްވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފަށައިފި އެވެ.
ޅ. ނައިފަރަށް އުފަން ޝައިހް މުހައްމަދު އިބްރާހިމް ބަލިކޮށް އުޅުއްވާތާ ދެތިން އަހަރު ވެއްޖެ އެވެ.
ޝައިހްގެ ސިއްހީ ކަންކަމުގައި އެހީ ފޯރުކޮށްދެމުންދާ "އެހީ" ޖަމިއްޔާ އިން ބުނީ ދަރުސް ދެއްވުމަށް މާލެ ވަޑައިގަތުމަށް ފަހު، ހުން ގަދަވެ ހާލުދެރަވުމުގެ ސަބަބުން އިތުރަށް ބެލުމަށާއި ފަރުވާ ހޯދުމަށް އިއްޔެ ޝެއިހް ވަނީ އެޑްމިޓްކޮށްފަ އެވެ.
ޝެއިހް އިބްރާހިމް މާލެ ވަޑައިގެންނެވީ އަލް އަސްރު އަދި އެޗްޑީސީ ގުޅިގެން މިދިޔަ ހުކުރު ދުވަހު ބޭއްވި "ކަލަކުވޭ ބިރުވެތިވޭ" ދަރުސް ދެއްވުމަށެވެ. ހުޅުމާލޭގައި އޮތް އެ ދަރުހުގައި ގިނަ ބަޔަކު ބައިވެރިވި އެވެ.
މީގެ ކުރިން ޝައިހުގެ ލޮލުގެ ފަރުވާއަށް އާއްމުންގެ އެހީތެރިކަމަށް އެދުމާއެކު 24 ގަޑިއިރު ނުވަނީސް ބޭނުންވާ ވަރަށް އެހީ ހަމަޖެހި، ޝައިހުގެ ބޭސްފަރުވާ ކުރުމަށް ވަނީ ރާއްޖެއިން ބޭރައްވެސް ގެންގޮސްފަ އެވެ.
ދެ ލޮލުގެ ފެނުން ގެއްލި ޑޮކްޓަރުންގެ ލަފަޔާ އެކު ޝައިހް ވަނީ 2019 ގައި އަދި 2023 ގައި ވެސް ލޮލުގެ އޮޕަރޭޝަނެއް ކޮށްފަ އެވެ.
ދިނީ އިލްމު ފެތުރުއްވުމަށް ގިނަ އަދަދެއްގެ ފޮތްތައް ވެސް ލިޔުއްވާފައިވާ ޝައިހް މުހައްމަދު އިބްރާހީމަކީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައިދާއެއްކޮށް މަދީނާގައި ކިޔަވާ ވިދާޅުވި ބޭފުޅެކެވެ.
ނޮޓިންހަމް ފޮރެސްޓުގެ ކުރީގެ ވެރިޔާ ފަވާޒް އަށް ވަޅިން ހަމަލަދީފި
މަގުކޮޅު ހޮޓަލުން ސަދަގާތު ޕެކޭޖްތަކެއް ތައާރަފުކޮށްފި