އަސާސީ ބޭނުންތައް ފުއްދުމުގައި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ 200 އަށް ވުރެ ގިނަ ކުދިންގެ އާއިލާތަކަށް، ކުރިއަށް އޮތް ރޯދަމަހާ ދިމާކޮށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.
މި އެހީތެރިކަން ފޯރުކޮށްދީފައިވަނީ އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އެއިޑުން ހިންގާ ހާއްސަ ހަރަކާތުގެ ތެރެއިންނެވެ.
އާކުން ހިންގާ މި ޕްރޮގްރާމަކީ ނުކުޅެދުންތެރިކަން ހުންނަ ކުޑަކުދިންގެ އާއިލާތަކާއި އެކަނިވެރި މައިންގެ އާއިލާތަކުގެ އަސާސީ ބޭނުންތައް ފުއްދައިދިނުމަށް އެހީތެރިވުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ. ބީއެމްއެލްގެ މުވައްޒަފުން ވަނީ މި ޕްރޮގްރާމްގައި އަމަލީގޮތުން ބައިވެރިވެ، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގައި މަސައްކަތް ކޮށްފަ އެވެ.
ބީއެމްއެލް އިން މިއަދު ހާމަކުރި ގޮތުގައި، މި އަހަރުގެ ޕްރޮގްރާމަށް އެ ބޭންކުގެ މުވައްޒަފުން ދިން ދީލަތި އެހީތެރިކަމާ އެކު، 200 އަށް ވުރެ ގިނަ ކުދިންގެ އާއިލާތަކަށް ބޭނުންވާ އަސާސީ ކާބޯތަކެތި ހިމެނޭ 100 އަށް ވުރެ ގިނަ ޕެކް ވަނީ ހަދިޔާކޮށްފައެވެ. މިއީ ރޯދަމަހުގެ ބޭނުންތަކަށް އަމާޒުކޮށް ފޯރުކޮށްދިން އެހީތެރިކަމެކެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ފާހަގަކުރި ގޮތުގައި، ރޯދަމަހާ ދިމާކޮށް ކޮންމެ އަހަރަކު ވެސް އެ ބޭންކުގެ މުވައްޒަފުން އަންނަނީ އެކި ޖަމިއްޔާތަކާ ގުޅިގެން އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން މީގެ ކުރިން ވެސް އާކްގެ ހަރަކާތްތަކަށް އެހީތެރިވެފައިވާ އިރު، މިދިޔަ އަހަރު ވަނީ މަމްސް އެއިޑް ޖަމިއްޔާއަށް ވެސް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
ރޯދަޔަށް ޓްރީޓޮޕް ހޮސްޕިޓަލުގެ އޯޕީޑީ ގަޑިތަކަށް ބަދަލު ގެނެސްފި
ސްކޫލު ދައުރު ނިންމާ މިލިޓަރީ ޓްރެއިނިންގ ނުހަދަނީސް ވަޒީފާ ނުދީ
ސިނަމާލެ ފްލެޓުތަކުގެ ޖޫރިމަނާ މާފުކޮށް، ފައިސާގެ އިނާޔަތެއް