ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ޗެއާޕާސަންކަމުގެ މަގާމުން ނަޝްވާ އަބްދުﷲ ވަކިކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ދެންމެ ބުނީ ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ޗެއާޕާސަންކަމުގެ މަގާމުންނާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމުން ގ. ރޯސްއައިލެންޑް، ނަޝްވާ އަބްދުﷲ މިއަދުން ފެށިގެން ވަކިކޮށްފައިވާ ކަމަށެވެ.
އޭނާ އެ މަގާމުން ވަކިކުރި ވަކި ސަބަބެއް ނުބުނެ އެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން އުފެއްދީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދުގެ ދަށުން ރައްޔިތުންނަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަގުސަދުގަ އެވެ.
ފަހިދިރިއުޅުން ކޯޕަރޭޝަން އުފެއްދީ ފެބްރުއަރީ 11, 2019 ގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގަ އެވެ.
ފަތުރުވެރިކަމަށް ދެއަހަރު ތެރޭ އަލަށް 365 މިލިއަން ޑޮލުގެ ލޯނު
ދަރިންގެ ފަރާތުން މިކަންކަން ފާހަގަވާނަމަ ފަރުވާކުޑަ ނުކުރާތި!
މިއޮތީ ރުޅި މަޑު ކުރަން ޖަޕާނުގެ އުކުޅެއް!