މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ރައީސް މުހައްމަދު މުއިއްޒު ވަޒީރުންގެ ހާއްސަ ކޮމިޓީއެއް އެކުލަވާލައްވައިފި އެވެ.

މިކަން ހާމަކުރައްވައި، މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ، މިއީ، މެދުއިރުމަތީގައި ހިނގާ ހަމަނުޖެހުންތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކާ ކުރިމަތިވާ ކަންކަން ހައްލުކުރުމަށް ގުޅިގެން ފިޔަވަޅުތައް އެޅުމުގެ މަގްސަދުގައި އެކުލަވާލެއްވި ކޮމެޓީއެއްކަމަށެވެ.

މިއަދު މެންދުރުފަހު އެކުލަވާލެއްވި މި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ:

  • ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލް (ކޮމިޓީގެ ޗެއާ)
  • ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން
  • ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
  • އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
  • ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން
  • ހޯމް މިނިސްޓަރު އަލީ އިހްސާން
  • ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމް
  • ހަޔާ އެޑިޔުކޭޝަން މިނިސްޓަރު އަލީ ހައިދަރު އަހްމަދު
  • އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު

ކަމާ ގުޅޭ މައުލޫމާތު އެ ކޮމިޓީތަކުން ހިއްސާކުރައްވާނެ ކަމަށް ހީނާ ވިދާޅުވި އެވެ.