އައްޑޫ ފޭދޫ ބަނދަރު ބޭރުގައި އަޅާފައި އޮއްވާ މިއަދު ރޯވި ޑައިވިން ދޯނި ފެތިއްޖެ އެވެ.
އެމްއެންޑީއެފް އިން ބުނީ ރޯވި ޑައިވިން ދޯނި އަޑިއަށް ދިޔައީ އަލިފާން ނިއްވަނިކޮށް ކަމަށެވެ.
މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، އައްޑޫ ސިޓީ ހިތަދޫ ފަޔާ ސްޓޭޝަނަށް ލިބިފައިވަނީ މިއަދު މެންދުރު 13:30 ހާއިރެވެ. އަދި އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންދަނިކޮށް އެ ދޯނި އަޑިއަށްގޮސްފައިވަނީ މިއަދު މެންދުރުފަހު 15:30 ހާއިރުކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
އެމްއެންޑީއެފްއިން ބުނީ، މި ހާދިސާގައި އެކެއްގެ ފައި ފިހިގެން އައްޑޫ ސިޓީ ފޭދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާކަމަށެވެ.
ޑައިވިން ދޯނީގައި އަލިފާން ރޯވުމުން ދޯނީގައި ތިބި މީހުން ވަނީ ދޯނި ކައިރިކޮށްފައި އޮތް ސަފާރީ އަށް އަރާފަ އެވެ.
އެނގިފައިވާ ގޮތުގައި ޑައިވިން ދޯނީގައި އަލިފާންގަނޑު އިތުރަށް ފެތުރުނީ ގޭސް ފުޅިއެއް ގޮވައިގެންނެވެ. އަދި އެ ހާދިސާގައި އެ ދޯނި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ.
ޑިޒްނީގެ "ޓޯއި ސްޓޯރީ 5"ގައި ޓޭލާގެ ލަވައެއް!
ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވުނު ޓެކްސީ އެޕް ލޯންޗްކޮށްފި
"ސަރުކާރުން ޒާތީ ދިރިއުޅުމުގެ ތެރެއަށް ވަންނަނީ ހައްދެއްނެތި"