މިމަހުގެ ފުރަތަމަ ހަފުތާގައި ސްކޭމްގެ މައްސަލަތަކުގައި ފަސް ލައްކައެއްހާ ރުފިޔާ ގެއްލުނު ކަމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނެފި އެވެ.
އެންޓި ސްކޭމް ސެންޓަރުން އާއްމުކުރި ސްކޭމްގެ މައްސަލަތަކުގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، މިމަހުގެ ފުރަތަމަ ހަފުތާގައި 55 މައްސަލައެއް ހުށަހެޅިފައިވެ އެވެ.
އެ މުއްދަތުގައި ސްކޭމްގެ މައްސަލަތަކުގައި 494،712.70 ރުފިޔާ ވަނީ ގެއްލިފައެވެ. އަދި އެފަދަ މައްސަލަތަކުގައި 270،070.40 ރުފިޔާ ވަނީ އަނބުރާ ހޯދައިފަ އެވެ.
އެ ސްކޭމްތައް ހިނގާފައި ވަނީ އޮންލައިން މެސެޖިން މަންސަތަކުގައާއި، އައިބޭ، ފޯން ކޯލް، ފިޝިން ލިންކު އަދި ފޭސްބުކް މާކެޓް ޕްލޭސްގައި ކަމަށް ފުލުހުން ބުންޏެވެ.
މި މަހުގެ ފުރަތަމަ ހަފްތާގައި އީކޮމާސްގެ 27 މައްސަލައަކާއި ފައިސާ މާރުކުރުމުގެ ހަތް މައްސަލައެއްގެ އިތުރުން ޝަހުސިއްޔަތު އޮޅުވާލައިގެން ސްކޭމްކުރި 14 މައްސަލައެއް ވެސް ހިމެނެ އެވެ.
ސްކޭމްގެ މައްސަލަތަކުގައި ގެއްލޭ ފައިސާ ހޯދަން ފުލުހުން ކުރަމުން އަންނަ މަސައްކަތްތަކަށް ކުރިއާ އަޅާ ބަލާއިރު، ކާމިޔާބީތަކެއް ލިބެ އެވެ.

މާލޭގައި އޮތް ބޮޑެތި މައްސަލަތައް ހައްލުކުރަން ވެރިކަން ބޭނުންވޭ
ތެލުގެ ހަރަދު ކުޑަކުރުމަށް ބަންގްލަދޭޝްގެ ޔުނިވާސިޓީތައް ބަންދު
އިސްލާމް ދީން ގަބޫލު ކުރާނަންތޯ އެހުމުން ގައުރީ ބުނީ ކީކޭ؟
