އިރާގުގެ ކުރުދީން އުޅޭ ސަރަޙައްދުގައި ހުންނަ އެކުވެރި އަރަބި އެމިރޭޓްސް (ޔޫއޭއީ) ގެ ކޮންސިއުލޭޓަށް ހޯމަ ދުވަހުގެ ދަންވަރު ދިން ޑްރޯން ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ގައުމުތަކުގައި ހުންނަ ޑިޕްލޮމެޓިކް މަރުކަޒުތަކަށް ހަމަލާ ދިނުމަކީ ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސްއާ ޚިލާފު ކަމެކެވެ. އަދި މިއީ ބައިނަލްއަޤުވާމީ ގޮތުން ގަބޫލުކުރެވޭ ޑިޕްލޮމެޓިކް އުސޫލުތަކަށް ހުރަސްއެޅޭ ނުރައްކާތެރި އަމަލެއް ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.
ފޮރިން މިނިސްޓްރީން ބުނީ ބޭރު ގައުމުތަކުގައި ހުންނަ ޑިޕްލޮމެޓިކް މަރުކަޒުތައް ހިމާޔަތް ކުރުން ވަރަށް މުހިންމު ކަމަށެވެ. މި ދަނޑިވަޅުގައި ދިވެހިރާއްޖެ އޮތީ ޔޫއޭއީ ސަރުކާރާއި ރައްޔިތުންނާ އެކުގައި ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ކޮންސިއުލޭޓަށް ދިން ޑްރޯން ހަމަލާ ދިފާއުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ލަންކާގައި 1.1 ބިލިއަން ރުޕީސްގެ މަސްތުވާތަކެތި އަތުލައިގެންފި
ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީ ސިނާން ކާމިޔާބު ކޮށްފި
ގަލަފް ސަރަހައްދުގަ 40 އަށްވުރެ ގިނަ އުޅަނދު ތާށިވެފައި