ސަރުކާރުގެ އާއިލީ ބޯހިޔާވަހިކަން' ޕްރޮގްރާމުގެ ދަށުން ދޫކުރާ ފްލެޓުތަކަށް ކުރިމަތިލުމަށް ހާއްސަ ކެޓަގަރީއެއްގެ ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ ހަމަޖައްސައި އެކަން ރަސްމީކޮށް އިއުލާންކޮށްފި އެވެ.
ހައުސިން މިނިސްޓްރީން މިއަދު ވަނީ އެ ކެޓަގަރީއަށް ވަކިން އެޕްލިކޭޝަން ހުށަހެޅޭ ގޮތް ހަދާ، އެ ކެޓަގަރީގެ ޝަތުރުތަކާއި އެޕްލިކޭޝަން ހުށަހަޅާނެ ގޮތް އަދި ޕޮއިންޓު ދިނުމުގެ އުސޫލު އާންމުކޮށްފަ އެވެ.ތަ
އެ އުސޫލުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީއަށް ފްލެޓަށް އެދި ފޯމު ހުށަހަޅަން ހުޅުވާލާނީ މި މަހުގެ 24 ވަނަ ދުވަހު އެވެ. އެ ފުރުސަތު އަންނަ މަހުގެ ނިޔަލަށް އޮންނާނެ އެވެ.
އެ ކެޓަގަރީއަށް ވެސް އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ ހައުސިން މިނިސްޓްރީގެ ބޯހިޔާވަހިކަން ޕޯޓަލް މެދުވެރިކޮށެވެ. އެ ކެޓަގަރީ އަށް ހާއްސަކޮށްފައިވަނީ 100 ފްލެޓެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޫކުރާ ފްލެޓަށް ކުރިމަތިލާއިރު ޑިސްއެބިލިޓީ ރެޖިސްޓްރީގައި ހިމެނޭކަމުގެ ލިޔުން ހުށަހަޅަން ޖެހެ އެވެ. ނުވަތަ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގައި ބުނާ ފަދަ ނުކުޅެދުންތެރިކަމެއް ހުންނަ މީހެއްކަން ސާބިތުކޮށްދިނުމަށް ސިއްހީ ހިދުމަތްދޭ މަރުކަޒަކުން، ލައިސަންސް ލިބިފައިވާ ޕްރެކްޓިޝަނަރަކު ދޫކޮށްފައިވާ ލިޔުމެއް ހުށަހަޅަން ޖެހެ އެވެ.
މި ކެޓަގަރީއަށް ކުރިމަތިލެވޭނީ ނުކުޅެދުންތެރިކަން ހުރި ފަރާތް ނުވަތަ އެ ފަރާތުގެ އާއިލާގެ މާލީ ހާލަތު ހުރި ގޮތުން ގްރޭޓާ މާލެ ސަރަހައްދުގައި ދިރިއުޅެވޭނެ ގޮތެއް ނެތުމާ އެކު، އެ ފަރާތެއްގެ ކިބައިގައި ހުރި ނުކުޅެދުންތެރިކަމަށް އެ ފަރާތަކުން ދިރިއުޅެމުންދާ ރަށުން ނުވަތަ އަތޮޅުން ފަރުވާ ލިބެން ނެތުމުގެ ސަބަބުން ފަރުވާ ހޯދުމަށް އާންމު ގޮތެއްގައި މާލެ ސަރަހައްދަށް އަންނަން ޖެހުމާ އެކު މާލެ ސަރަހައްދުން ފާއިތުވި އަހަރު ތެރޭ ފަރުވާ ހޯދާފައިވާ މީހުންނަށް ކަމަށް އުސޫލުގައިވެ އެވެ. ނޫން ނަމަ އެއީ މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތަކަށް ވެފައި މި ސަރަހައްދުން އެންމެ މަދުވެގެން މިދިޔަ އެއް އަހަރު ތެރޭ ފަރުވާ ހޯދާފައިވާ މީހަކަށް ވާން ޖެހޭ ކަމަށް ވެސް އުސޫލުގައިވެ އެވެ.

"ބޯޑާ 2"ގެ ކާމިޔާބަށްފަހު ވަރުން އެކްޓިންއިން ބްރޭކެއް ނަގަނީ؟
އިތާފުށިން އެއާޕޯޓް އޮޕަރޭޝަންސް ޑައިރެކްޓަރަކު ހަމަޖައްސައިފި
