ބޮލީވުޑްގެ ނުފޫޒުގަދަ އާއިލާއެއް ކަމަށްވާ ކަޕޫރު އާއިލާއިން އެ އާއިލާއަށް ނިސްބަތްވާ މެމްބަރު ރިޝީ ކަޕޫރުގެ ނަން ކޮޕީރައިޓް ކޮށްފި އެވެ.
ބޮލީވުޑް ހަބަރުތައް ބުނާ ގޮތުގައި އެ އާއިލާއިން މި ފިޔަވަޅު އަޅާފައިވަނީ ރިޝީގެ ނަން ނުހައްގު ގޮތުގައި ބޭނުންކޮށް އެކަމުން މާލީ މަންފާ ހޯދުން ހުއްޓުވުމަށްޓަކަ އެވެ.
މި އަމުރުގެ ދަށުން އެ އާއިލާގެ ހުއްދައަކާނުލާ އަމިއްލަ ފަރާތަކުން ނުވަތަ ކުންފުންޏަކުން ވިޔަސް ވިޔަފާރީގެ އުސޫލުން ރިޝީގެ ނަން ބޭނުން ކުރުމަކީ ގާނޫނީ ކުށެކެވެ.
މިއީ މިހާރު ދުނިޔެއިން ވަކިވެފައިވާ ފަންނާނުންގެ އާއިލާތަކުން އެ ފަންނާނުންގެ ނަމާއި މަސައްކަތް ރައްކާތެރި ކުރުމުގެ ގޮތުން އާއްމުކޮށް އަޅާ ފިޔަވަޅެކެވެ.
ރިޝީއަކީ 1980 ވަނަ އަހަރުން ފެށިގެން ބޮލީވުޑްގެ ގިނަ ފިލްމުތަކަކުން ފެނިފައިވާ ތަރި އެކެވެ. މިހާރުގެ މަގުބޫލު ތަރި ރަންބީރު ކަޕޫރަކީ އޭނާގެ ދަރިއެކެވެ.
ރިޝީ މަރުވެފައިވަނީ ލޭގެ ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށް 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު އެވެ. މަރުވިއިރު އޭނާގެ އުމުރަކީ 67 އަހަރެވެ.

ޗައިނާއިން އީރާނުގެ އާއިލާތަކަށް 200،000 ޑޮލަރުގެ އެހީއެއް ދެނީ
ވާދޫން ކަނޑުމައްޗަށް ނުކުމެ އުޅެނިކޮށް ގެއްލުނު މީހާ ފެނިއްޖެ