މާލެ ސަރަހައްދުގެ ހަތަރު ތަނެއްގައި ބޮޑު ޖަމާއަތުގައި ފިތުރު އީދު ނަމާދުކުރުން ނިންމާފައިވާތީ ބައެއް މަގުތައް ބަންދުކުރަން ނިންމައި އެ މަގުތަކުން ވެހިކަލްތައް ނަގަން ފުލުހުން އަންގައިފި އެވެ.

ފުލުހުން ބުނީ އީދު ނަމާދަށް އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތް އަދި މާފަންނު ސްޓޭޑިއަމް ހިމެނޭ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފައިވާ ކަަމަށެވެ.

ފުލުހުން ވަނީ ސަލްމާން މިސްކިތުގެ ގޭޓު ހިމެނޭ ސަރަހައްދުގައި ޕާކުކުރުން މަނާކޮށްފަ އެވެ. އަދި އިސްކަންދަރު ކޮށި ކައިރިން މިފްކޯ މަސްފިހާރައަށްދާ މަގާ ދިމާލުގައި ވެސް ޕާކުކުރުން ފުލުހުން ވަނީ މަނާކޮށްފައިވެ އެވެ.

އިސްލާމީ މަރުކަޒު ކައިރިން ޕާކުކުރުން މަނާކޮށްފައި ވަނީ އަމީރުއަހުމަދު މަގުގެ ޖުމްހޫރީ މައިދާނާއި އިސްލާމީ މަރުކަޒާ ދެމެދުގައި އޮންނަ ފަޅި އެވެ.

އެ ސަރަހައްދުތަކުގައި ޕާކުކޮށްފައިވާ އުޅަނދުތައް މާދަމާ ހަވީރު 3:00 ގެ ކުރިން ނެގުމަށް ފުލުހުން ވަނީ އަންގާފައެވެ.

އެ ތަނުން ނެގުމަށް އަންގައިފަ އެވެ. މާލެ ސަރަހައްދުގެ ޖުމްލަ 24 މިސްކިތެއްގައި އީދު ނަމާދުކުރަން ވަނީ ނިންމާފަ އެވެ.