އދ. ފެންފުށި ކައިރީގައި އޮންނަ ވޭލް ޝާކް ޕޮއިންޓަށް މޫދަށް އެރި އުޅުނު ފަތުރުވެރިއަކު، ދޯންޏެއްގެ ބުރަފަތީގައި ޖެހި މަރުވެއްޖެ އެވެ.

ފުލުހުން ބުނީ، މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 09:59 އެހައިކަންހާއިރު ކަމަށެވެ. މި ހާދިސާގައި މަރުވެފައިވަނީ ޖަރުމަނުވިލާތަށް ނިސްބަތްވާ ފިރިހެން ފަތުރުވެރިއެކެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި، މިކަމުގައި އިހުމާލެއް އޮތްތޯ ބެލުމަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ވޭލް ޝާކް ޕޮއިންޓަކީ ފަތުރުވެރިންގެ މެދުގައި ވަރަށް މަގްބޫލު ތަނެކެވެ.