އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގައުމާ މުހާތަބު ކުރައްވައި ދެއްވި ބަޔާނަކީ، އީރާނާ ދެކޮޅަށް ކުރިއަށްވުރެ ދިގުދެމިގެންދާ ކެމްޕޭނެއް ހިންގުމަށް މަގުފަހިކުރުމުގެ ގޮތުން ދެއްވި ބަޔާނެއް ކަމަށް ތަޖުރިބާކާރުން ބުނެފި އެވެ. ތޭޔަރ މާޝަލް އިންސްޓިޓިއުޓްގެ ސީނިއާ ފެލޯ، ޑޭވިޑް ޑެސް ރޯޗެސް ވިދާޅުވި ގޮތުގައި ޓްރަމްޕްގެ ވާހަކަފުޅު ހުރީ މިފަދަ މިސްރާބަކަށެވެ.

އަލްޖަޒީރާއާ ވާހަކަ ދައްކަވަމުން ޑެސް ރޯޗެސް ވިދާޅުވީ، އީރާނަކީ ސަރަހައްދީ ނުރައްކަލެއްގެ ގޮތުގައި ޓްރަމްޕް ސިފަކުރައްވާނެ ކަމަށް ކުރިންވެސް އުންމީދު ކުރެވުނު ކަމަށެވެ. ނަމަވެސް، އީރާނުން ކުރިން އެނގިފައި ނެތް ކަންތައްތަކެއް ކުރަމުންދާ ކަމަށާއި، އެކަންކަން ހޯދައިގަނެވުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ޓްރަމްޕް ފާހަގަކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، ކުރިން އަންދާޒާ ކުރި މުއްދަތަށްވުރެ ދިގު ހަނގުރާމަ އަކަށް ޓްރަމްޕް ޕްލޭން ކުރައްވަމުން ގެންދަވާ ކަމަށްވެސް ޑެސް ރޯޗެސް ވިދާޅުވި އެވެ.

މި ބަޔާނާ ގުޅިގެން މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނަނީ، އީރާނާ މެދު އެމެރިކާއިން ގެންގުޅޭ ހަރުކަށި ސިޔާސަތުތައް ކުރިއަށް އޮތް ތަނުގައި އިތުރަށް ވަރުގަދަވެ، މި ކުރިމަތިލުންތައް ދިގުލައިގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަށެވެ.