މާދަމާ އޮންނަ ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު އަދި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ނަގާ ފެންނަ ނުފެންނަ ވޯޓުގެ ތެރެއިން އެ މީހަކު ބޭނުންވާ ވޯޓެއްގައި ބައިވެރިވެވޭނެ ކަމަށާއި ދޭނީ އެ މީހަކު ލާން ބޭނުންވާ ވޯޓުތަކުގެ ކަރުދާސް އެކަނި ކަމަށް އިލެކްޝަންސް ކޮމިޝަނުން މިރޭ ބުނެފި އެވެ.
ފުލުހުންނާ އެކު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ ވަކި އިންތިހާބެއްގެ ކަރުދާސް ބޭނުން ނަމަ، އެ މީހަކަށް ދޭނީ އެ އިންތިހާބެއްގެ ވޯޓު ދޭން ބޭނުންވާ ކަރުދާސް އެކަނި ކަމަށެވެ.
އެފަދަ ހާލަތެއްގައި އޮބްޒާވަރުންގެ ކުރިމަތީގައި އެކަން އިއުލާންކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ތިން ކަރުދާސްކޮޅު އަޅުގަނޑުމެން އޭނާއަށް ދޭނެ. ދެން އެއްވެސް މީހަކު ވަކި ލާން ބޭނުން ނޫން ކަމަށްވަންޏާ އެ ކަރުދާސްކޮޅެއް ނުދޭނެ. ނުދީ އަޅުގަނޑުމެން އިއުލާންކުރާނެ އިނގޭތޯ. އަޅުގަނޑމެން އިއުލާންކުރާނެ މިވެނި މީހަކު އެ ކަރުދާސްކޮޅު ބޭނުންނޫން ކަމަށް. މި ހާމަކޮށްފައި އިއުލާންކުރާނެ. ސޯ އޮބްޒާވަރުންނާއި ހުރިހާ އެންމެނަށް އޭތި ނޯޓު ކުރެވި ފަހުން އޭތި ކެރީކުރުމުގައި އިންތިޒާމުތައް ހަމަޖެހިގެންދާނެ،" ޒާހިދު ވިދާޅުވި އެވެ.
މިއީ ކުރިން އެ ކޮމިޝަނުން ނިންމާފައިނުވާ ކުއްލި ނިންމުމެކެވެ. މި ނިންމުމުގެ ފަހަތުގައި ވަނީ ކޮން ކަމެއްކަން ކޮމިޝަނުން ހާމައެއްނުކުރެ އެވެ.
ކޮމިޝަނުގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ ވިދާޅުވީ ގާނޫނުއަސާސީގެ 26 ވަނަ މާއްދާގައި ރައްޔިތުންނަށް އޮތް ވޯޓު ލުމުގެ ހައްގު ފުރިހަމަ ގޮތުގައި ލިބޭނެކަން އެ ކޮމިޝަނުން ކަށަވަރުކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެމީހަކު ވޯޓުލުމަށް ރަޖިސްޓްރީވެފައި އޮތް މަރުކަަޒަކަށް ގޮސް، އެއްވެސް ނުފޫޒެއް ނެތި، އެމީހަކު ބޭނުން ކެންޑިޑޭޓަކަށް ސިއްރު ވޯޓުލެވޭނެ ހުރިހާ އިންތިޒާމެއް ހަމަޖައްސާފައިވާ ކަމަށެވެ.
މި އިންތިހާބުގައި 294،876 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ. އެއީ 144،506 އަންހެނުންނާއި 150،370 ފިރިހެނުންނެވެ.
ޒޭންގެ އާ އަލްބަމްގައި ނުސްރަތުއަށް ހާއްސަ ލަވައެއް!
ފުލިދޫގައި އޮޔާދިޔަ ދެ ދަރިން ސަލާމަތްކުރި ބައްޕަ ނިޔާވެއްޖެ
ދެ އަހަރު ތެރޭ ދެގުނަ އިތުރަށް ބީއެމްއެލް އިން އޭޓީއެމް ބެހެއްޓި
