ފ. ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ އަނދައިފިއެވެ.

ފުލުހުން ބުނީ، އެ ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު 09:15 ހާއިރު ކަމަށެވެ.

އެ އަލިފާންގަނޑު ނިއްވާލުމަށް އެ ސަރަހައްދުގައި ފުލުހުންނާއި ކަމާގުޅުން ހުރި އިދާރާތަކުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި ނުލިބެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ތެޔޮ ބޯޓުގައި ރޯވި އަލިފާން ޖެހިގެން ހުރި ބޯޓުތަކަށް ވެސް ވަނީ ފެތުރިފަ އެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.