ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ގިނަ ބޭފުޅުންތަކެއްގެ މަގާމު ގެއްލި އެންމެފަހުން މަގުމަތިވެއްޖެ އެވެ.
މިއަދު ކުއްލިއަކަށް ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލާއެކު ސަރުކާރު ހިންގާ ޕީއެންސީގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ގިނަ ބޭފުޅުންތަކެއްގެ މަގާމު ވަނީ ގެއްލިފަ އެވެ.
އެގޮތުން ޕާޓީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ޣައްސާން މައުމޫން ޑިފެންސް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމަށް ރައީސް އެންގެވުމުން މިއަދު ވަނީ އިސްތިއުފާ ދެއްވާފަ އެވެ.
ޣައްސާންގެ އިތުރުން، ޕީއެންސީގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ދެ މިނިސްޓަރުން ކަމަށްވާ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް އާއި ސިޓީސް މިނިސްޓަރުގެ މަގާމުގައި ހުންނެވި އާދަމް ޝަރީފު ވެސް ވަނީ ވަޒީރުކަމުން ވަކިކުރައްވާފަ އެވެ.
މި ތިން ބޭފުޅުންގެ އިތުރުން ދާދިފަހުން ވަނީ ޔޫއޭއީގެ ސަފީރަކަށް ހުންނެވި މުހައްމަދު ހުސައިން ޝަރީފު ވެސް މަގާމުން ވަކިކުރައްވާފަ އެވެ. އޭނާ އަކީވެސް ޕީއެންސީގެ ލީޑާޝިޕްގައި ހިމެނި ވަޑައިގަންނަވާ ބޭފުޅެކެވެ.
އޭގެ ކުރިން އެންމެ ފުރަތަމަ ރައީސް މުއިއްޒު ބާކީ ކުރެއްވީ އެ ޕާޓީގެ ޗެއާޕާސަން އަދި މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. މިހާރު ވެސް އަބްދުއްރަހީމް ހުންނަވަނީ ޕާޓީގެ ކަންކަމުން އެކަހެރި ކުރައްވާފަ އެވެ.
ޕީއެންސީ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ކުރީގެ އެޗްޑީސީގެ އެމްޑީގެ މަގާމުގައި ހުންނެވި ފަޒުލް ރަޝީދުއަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވުމުން 2025 ވަނަ އަހަރު އޭނާ ވެސް ވަނީ މަގާމުން ވަކިކުރައްވާފަ އެވެ.
މިއާއެކު ޕީއެންސީ ލީޑާޝިޕްގެ ހަ ބޭފުޅަކު ސަރުކާރުން ވަނީ އެއްފަރާތް ކުރައްވާފަ އެވެ. އެ ހަ ބޭފުޅުންނަކީ ވެސް ރައީސް މުއިއްޒު ވެރިކަމަށް ގެންނެވުމަށް އޭރުގެ ޕާޓީ ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލެއްވުމަށްފަހު، އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅުންނެވެ. ނަމަވެސް މިއަދު ރައީސް މުއިއްޒު ވަނީ ރައީސް ޔާމީންއާމެދު އަމަލުކުރެއްވި ގޮތަށް އެބޭފުޅުންވެސް އެ މަނިކުފާނުގެ "ޕިކްޗާ" އިން ބޭރު ކުރައްވާފަ އެވެ.
އެހެންކަމުން ޕީއެންސީ ތެރޭގައި ބައިބައިވުން އުފެދިފައިވާ ކަމަށް މިވަނީ ބެލެވެން ފަށާފަ އެވެ.
ލިޓަންއާއެކު ދަތުރުކުރި ނިޒާމްގެ މައްޗަށް ކުށް ސާބިތުވެއްޖެ
އާޝާގެ އަޑުން އިސްލާމީ އަސަރުގަދަ މަދަހަތަކެއް!
ޝަހީމް އާއި ޝަކީލް ވެސް ވަކިކުރޭ 65 ކަންމަތީ މީހުންގެ ތެރެއިން. ކޮންމެ އަހަރެއްގެ ވެސް ހައްޖު ކޯޓާ ގެތެރެއިންޕަސެންޓެއް. ދޭނަމޭ ވެސް ބުނި. 70. އަހަރުންމަތީގެ އެންމެންވެސް މިއަހަރު ފޮނުވާނަމޭ ކިޔާފައިވަނީ ދޮގުހަދާފަ ނުލިބޭނެވޯޓެއް
ރިޕްލައި