ޑޮކްޓަރަށް ދެއްކި ކުއްޖަކު ބަލިވެ އިން މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
ފުލުހުން ބުނީ ދެކުނުގެ ރަށެއްގައި، ޑޮކްޓަރަށް ދެއްކި 17 އަހަރުގެ ކުއްޖަކު ބަލިވެ އިން މައްސަލައެއް މިދިޔަ ހޯމަ ދުވަހު ހުށަހެޅިފައިވާ ކަމަށެވެ.
އެ މައްސަލަ، ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކާ ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އެނގިފައިވާގޮތުގައި އެއީ ގްރޭޑް 11 ގައި ކިޔަވަމުންދިޔަ ދަރިވަރެކެވެ. އެ މައްސަލަ އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ފުލުހުންނަށް ހުށަހަޅާފަ އެވެ.
އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލު ފުލުހުން ހާމައެއްނުކުރެ އެވެ.
ގޮނޑި ގެއްލުނު ސިނާނު ވެސް ޕްރައިމަރީގައި ވާދަކުރަނީ
ގެއްލިގެން ހޯދި މީހަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ
ޔޫއޭއީ ސަފީރުކަމުން ވަކިކުރި މުންދުއަށް ސަރުކާރުގެ ތަރުޖަމާނުކަން
