އީރާނެކޭ އެއްފަދައިން ލުބުނާނުގައިވެސް ހަމަލާބަދަލުކުރުން ހުއްޓާލުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް އިރާނުގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް ވިދާޅުވެއްޖެ އެވެ.
އީރާނާއި އެމެރިކާއާ ދެމެދު ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމަށް ކުރެވޭ މަޝްވަރާތަކާ ގުޅޭގޮތުން ބުރާސްފަތި ދުވަހު ޓެލެގްރާމްގައި ގާލިބާފް ލިޔުއްވާފައިވަނީ، އެއްބަސްވުމާ އެއްގޮތަށް ހަނގުރާމަ ހިނގަމުންދާ ހުރިހާ ސަރަހައްދެއްގައި ދާއިމީކޮށް ހަމަލާބަދަލުކުރުން ހުއްޓާލުމަށް ދުޝްމަނުންނަށް މަޖުބޫރުކުރުވުމަށް ތެހެރާނުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ލުބުނާނުގެ މަޖިލީހުގެ ރައީސް ނަބީހް ބެއްރީއާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި ޣާލިބާފް ވިދާޅުވީ، "އަހަރެމެންނަށް އީރާނުގައި ހަމަލާބަދަލުކުރުން ހުއްޓާލުން މުހިންމުވާ މިންވަރަށް ލުބުނާނުގައިވެސް ހަމަލާބަދަލުކުރުން ހުއްޓާލުން މުހިންމު" ކަމަށެވެ.
ނިމިދިޔަ ހަފުތާގައި ޕާކިސްތާނުގައި ބޭއްވުނު އެމެރިކާ އާއި އީރާނުގެ ފުރަތަމަ ބައްދަލުވުމުގައި އީރާނުގެ ވަފުދުގެ އިސްވެރިއަކަށް ހުންނެވީ ޣާލިބާފެވެ. ނަމަވެސް އެ ބައްދަލުވުން ނިމިގެންދިޔައީ ވަކި އެއްބަސްވުމަކަށް ނާދެވިއެވެ. އީރާނުން ތަކުރާރުކޮށް ބުނަމުންދަނީ އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ލުބުނާނަށްވެސް ހިނގަންވާނެ ކަމަށެވެ. ނަމަވެސް އެމެރިކާ އާއި އިޒްރޭލުން ބުނަމުންދަނީ އެއީ އެއްބަސްވުމުގެ ބައެއް ނޫން ކަމަށެވެ.
ގާލިބާފް ވިދާޅުވި ގޮތުގައި އީރާނުގެ ރައްޔިތުން ލުބުނާނުގެ އަޚުން މަތިން ދުވަހަކުވެސް ހަނދާން ނައްތާނުލާނެ ކަމަށާއި، އެއީ އެމީހުންގެ ތެރެއިންވާ ބައެއް ކަމަށް ދެކޭ ކަމަށެވެ. ބެއްރީ ވަނީ އިޒްރޭލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގެ ތަފްސީލު ދެއްވައި، މި ހަނގުރާމައިގެ ސަބަބުން މިހާތަނަށް 1.2 މިލިއަން ލުބުނާނު ރައްޔިތުން ގެދޮރު ދޫކޮށް ގޮސްފައިވާކަން ހާމަކުރައްވާފަ އެވެ.
"އިޒްރޭލުން ދަނީ ހަގީގަތުގައިވެސް އަހަރެމެންގެ ގައުމުގައި ޖަރީމާތައް ހިންގައި، ރައްޔިތުން ގެދޮރުން ބޭރުކުރުމަށް މަސައްކަތް ކުރަމުން،" ބެއްރީ ވިދާޅުވިއެވެ. އަދި ޒަޔަނިސްޓު އިޒްރޭލާއެކު އެއްވެސް ބާވަތެއްގެ ރަސްމީ މުއާމަލާތެއް ނުވަތަ މަޝްވަރާއެއް ކުރުމަކީ ލުބުނާނުގެ މަސްލަހަތު އޮތް ކަމެއް ނޫން ކަމަށާއި، ލުބުނާނުގައި ހަމަލާބަދަލުކުރުން ހުއްޓުވުމަށް އީރާނުން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރުވެރިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ކުރާ ހަނގުރާމައިގެ ތެރެއަށް ލުބުނާނު ވަދެފައިވަނީ މާޗު މަހުގެ 2 ވަނަ ދުވަހު، އީރާނަށް ތާއީދުކުރާ ހިޒްބުﷲ އިން އިޒްރޭލަށް ރޮކެޓް ހަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. ހިޒްބުﷲ އިން ބުނި ގޮތުގައި މި ހަމަލާތަކަކީ ފެބްރުއަރީ 28 ގައި އިޒްރޭލުން އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާއި، 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ލުބުނާނާއެކު ވެފައިވާ އެއްބަސްވުމާ އިޒްރޭލުން ތަކުރާރުކޮށް ހިލާފުވަމުންދާތީ، އެކަމުގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާތަކެކެވެ. އޭގެ ފަހުން އިޒްރޭލުގެ ހަމަލާތަކުގައި ލުބުނާނުން 2,000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
ބުދަ ދުވަހުގެ ރޭ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ބުރާސްފަތި ދުވަހު އިޒްރޭލާއި ލުބުނާނުގެ ވެރިން 34 އަހަރަށްފަހު ފުރަތަމަ ފަހަރަށް ވާހަކަދައްކަވާނެ ކަމަށް އިއުލާން ކުރައްވާފަ އެވެ. އިޒްރޭލުގެ އޮފިޝަލަކު މިކަން ކަށަވަރުކޮށްދިން ނަމަވެސް، ލުބުނާނު ސަރުކާރުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ރޮއިޓާސްއިން ރިޕޯޓްކުރި ގޮތުގައި ލުބުނާނުގެ ރައީސް އައުން، ނަތަންޔާހޫއާ ވާހަކައެއް ނުދައްކަވާނެ އެވެ.
ބުރާސްފަތި ދުވަހު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއާ ފޯނުން ގުޅުއްވައި އައުން ވަނީ ހަމަލާބަދަލުކުރުން ހުއްޓާލުމަށް ވޮޝިންޓަނުން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ. މިކަން ހާމަކޮށްފައިވަނީ ލުބުނާނުގެ ރައީސްގެ އޮފީހުން ނެރުނު ބަޔާނެއްގަ އެވެ. ނަމަވެސް، ނަތަންޔާހޫއާ ފޯނުން ވާހަކަދައްކަވާފާނެ ކަމުގެ އެއްވެސް އިޝާރާތެއް އެ ބަޔާނުގައި ދީފައެއް ނުވެއެވެ.
އިސްތިއުފާ ދެއްވި ގިނަ މިނިސްޓަރުން ތިއްބެވީ "ވާނުވާ"ގައި
ޑިފެންސް މިނިސްޓަރު ކަމަށް ހަސަން ރަޝީދު އައްޔަންކުރައްވައިފި
ދިރާގުޕޭއިން ރިލޯޑްކޮށްގެން ހިލޭ ކްރެޑިޓް!