އުތުރުގެ ރަށެއްގައި އުމުރުން އަށް އަހަރުގެ އަންހެން ކުއްޖަކު ގަހެއްގައި ބަނދެ، އެ ކުއްޖާއަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ލިބި ކަރާމާތަށް އުނިކަން އަންނާނެފަދަ އަމަލެއް ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ 'އަޕާ ނޯތު ޕޮލިސް'ގައި ހިމެނޭ ރަށެއްގައި އުމުރުން އަށް އަހަރުގެ އަންހެން ކުއްޖަކު ގަހެއްގައި ބަނދެ، އެ ކުއްޖާއަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ލިބި ކަރާމާތަށް އުނިކަން އަންނާނެފަދަ އަމަލެއް ހިންގި މައްސަލައެއް މިއަދު 1:10 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން، ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ތަހުގީގުގެ ތެރެއިން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އެ ކުއްޖާ ގަހެއްގައި ބަނދެފައިވާ ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެ ކުއްޖާ ސަލާމަތްވުމަށް މަސައްކަތް ކުރާ މަންޒަރު ވެސް ވީޑިއޯ އިން ފެނެ އެވެ.
ޓައިމްސްގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ތެރޭގައި ރަންބީރު!
ތިމާވެށީގެ މިނިސްޓަރުގެ ކުރީގެ ޕޯސްޓުތަކަކާ ގުޅިގެން ފާޑުކިޔަނީ
އިޒްރޭލާއި ލުބުނާނުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް
