މާލޭގައި 2022 ވަނަ އަހަރު އަނިޔާވެރިކޮށް މަރާލި ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލާގައި ބޭނުންކުރި ވަޅިތަކާއި ލައިގެން ހުރި ހެދުންތައް ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ އަޑުއެހުމަށް ގެންގޮސް މިއަދު ދައްކައިފި އެވެ.
ޏ. ފުވައްމުލަކު, ޝިއާއު މަރާލާފައިވަނީ އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީގެންނެވެ. އެ މައްސަލާގައި ފ. ނިލަންދޫ ފިނިފެންމާގެ, ސާހިލް އަލީގެ މައްޗަށް ފަސް ދައުވާއެއް ކުރެ އެވެ.
ކްރިމިނަލް ކޯޓުން ބުނީ އެ ހަމަލާގައި ބޭނުންކުރި ކަމަށް ތުހުމަތުވާ ތިން ވަޅިއަކާއި ސާހިލްގެ ޓީޝާޓަކާއި ސޯޓަކާއި ހެދުމަކާއި އިތުރު މާއްދީ ހެކިތަކެއް ކޯޓަށް ގެނެސް މިއަދު ދެއްކުމަށްފަހު އެ ހެކިތަކާ ބެހޭގޮތުން ވާހަކަ ދެއްކި ކަމަށެވެ.
އެ އަޑުއެހުމުގައި ހުލާސާ ބަޔާން ހުށަހަޅާ ގޮތަށް ހަމަޖެއްސި ނަމަވެސް އިތުރު ހެކިތަކެއް ބަލަން ސާހިލްގެ ފަރާތުން އެދުމުން އެ ފުރުސަތު މިއަދު ދީފައިވާތީ ހުލާސާ ބަޔާން ހުށަހެޅުން ވަނީ ފަސްކޮށްފަ އެވެ.
އެ މައްސަލާގައި ސާހިލްގެ މައްޗަށް ކުރާ ފަސް ދައުވާގެ ތެރެއިން ދެ ދައުވާއެއް ސާބިތުވެ، އޭނާ ތިން އަހަރަށް ޖަލަށްލާން ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
ރަސްގެތީމް ގެއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ
މައިކަލް ޖެކްސަން އަށް އިތުރު ތުހުމަތުތަކެއް ކޮށްފި
ރާއްޖެ މިއައީ ރައީސް މުއިއްޒުގެ ވެރިކަން ބަދަލުކުރަން: ނަޝީދު
