އަދަދު ނޫހުން ތައްޔާރުކުރި އައިޝާ ޑޮކިއުމެންޓްރީއާ ގުޅިގެން އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.
އެ މައްސަލައިގެ ތަހުގީގަށް ފުލުހުން ރޭ ވަނީ ކޯޓު އަމުރެއްގެ ދަށުން އަދަދު ނޫހުގެ އޮފީހަށް ވަދެ އެތަނުގައި ހުރި ހުރިހާ އިލެކްޓޯނިކް ސާމާނުތަކެއް ގެންގޮސްފަ އެވެ.
އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާގެ ޕާސްޕޯޓް ވެސް ފުލުހުން ރޭ ވަނީ ހިފަހައްޓާފަ އެވެ. އެއީ ތިން މަސް ދުވަހަށެވެ.
އެނގިފައިވާގޮތުގައި އަދަދު ނޫހުގެ އެޑިޓަރު ހަސަނުގެ ޕާސްޕޯޓާއި ޓްރެވެލް ޑޮކިއުމަންޓްތައް ހިފެހެއްޓުމުގެ އަމުރު ކްރިމިނަލް ކޯޓުން ނެރުނީ އިއްޔެއިން ފެށިގެން އަންނަ 27 ޖުލައިގެ ނިޔަލަށެވެ.
ފިޔާޒާއި ހަސަންގެ ޕާސްޕޯޓް ހިފެހެއްޓީ އެ ޑޮކިޔުމެންޓްރީ ނެރުމުގައި އެ ދެ ބޭފުޅުންގެ ބައިވެރިވުމެއް އޮތް ކަމަށް ތުހުމަތުކޮށެވެ. އަދި އެ ދެ ބޭފުޅުން ރާއްޖެއިން ބޭރަށް ފުރައިގެން ދާން އުޅޭ ކަމުގެ އިންޓެލިޖެންސް ރިޕޯޓެއް ލިބިފައިވާ ކަމަށް ވެސް ކޯޓް އަމުރުގައިވެ އެވެ.
ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ކޯޓު އަމުރުގައި ބުނެފައި ވަނީ "ރައީސް މުއިއްޒުއާ ގުޅޭ ގޮތުން ގިނަ ތުހުމަތުތަކެއްކޮށް ގަޒުފްކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ" އެވެ.
އަންހެނަކާއެކު ހުއްދަ ނޫން ގުޅުމެއް ބޭއްވި ކަމަށް އެއްބަހެއް ނުވި
އާދަމް ޝަރީފާއި ތޯރިގަށް ރައީސް މުއިއްޒު ވަޒީފާއެއް ދެއްވައިފި
މިދިޔަ އަހަރު ދިރާގަށް ޖުމްލަ އާމްދަނީގެ ގޮތުގައި 2.8 ބިލިއަން
